ދިވެހިރާއްޖެ
އިޢުލާން
ގަވާއިދު ނަންބަރު 2018/R-69 "ދިރިއުޅުމުގެ ބޭނުމަށް ނޫން އެހެނިހެން ބޭނުންތަކަށް ބިން ދޫކުރުމުގެ ގަވާއިދު" ގެ (9) ވަނަ މާއްދާގެ ދަށުން ރަށްރަށުން ނުވަތަ ސިޓީތަކުން ބިން ދޫކުރެވޭނެ އެންމެ ކުޑަ ކުލި ކަނޑައެޅުން:
ޤާނޫނު ނަންބަރު 2002/1 "ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު" އިން ބާރުލިބިގެން އެކުލަވާލާފައިވާ ގަވާއިދު ނަންބަރު 2018/R-69 "ދިރިއުޅުމުގެ ބޭނުމަށް ނޫން އެހެނިހެން ބޭނުންތަކަށް ބިން ދޫކުރުމުގެ ގަވާއިދު" ގެ (9) ވަނަ މާއްދާގައި ވާގޮތުގެ މަތިން ރަށަކުން ނުވަތަ ސިޓީއަކުން ބިން ދޫކުރެވޭނެ އެންމެ ކުޑަކުލި ލޭންޑް ވެލުއޭޝަން ކޮމެޓީން ކަނޑައަޅައި ޢާންމުކޮށް އިޢުލާންކުރީމެވެ.
ވީމާ، މި އިއުލާނާއި އެއްކަރުދާސްކޮށްފައިވާ ތާވަލާއި އެއްގޮތަށް ބިން ދޫކުރެވޭނެ އެންމެ ކުޑަކުލި ކަނޑައެޅުމަށް ދަންނަވަމެވެ.
އިޙްތިރާމް ޤަބޫލުކުރެއްވުން އެދެމެވެ.
21 ޛުލްޤައިދާ 1440