މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާނު

  ސިވިލް އިންޖިނިއަރ (ލޭންޑް އެންޑް ބިލްޑިން)

މަޤާމް:

04

ބޭނުންވާ އަދަދު:

ކޮންޓްރެކްޓް

މަޤާމުގެ ގިންތި:

1 އަހަރު

މުއްދަތު

ލޭންޑް އެންޑް ބިލްޑިންގ/ މާލޭ ސިޓީ ކައުންސިލް އިދާރާ/ މާލެ

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މަހަކު : 7035.00 ރުފިޔާ

 

މުސާރަ:

މަހަކު: 3500.00 ރުފިޔާ

. ސަރވިސް އެލަވަންސް: 

މަހަކު: 1969.00 ރުފިޔާ

ޓެކްނިކަލް ކޯރ އެލަވަންސް

(އިތުރުގަޑީގައި މަސައްކަތްކުރާނަމަ  ފައިސާ ދެވޭނީ   

މުސާރައިގެ %70 އަށްވުރެ އިތުރު ނުވާގޮތެއްގެ މަތިންނެވެ).

އިތުރުގަޑި:          

ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު ހެންދުނު 8.00 ން 16.00 އަށް

 

މަސައްކަތު ގަޑި:

  1. މާލެ، ހުޅުމާލެ އަދި ވިލިނމާލޭގައި އިމާރާތް ކުރުމުގެ ހުއްދައަށްއެދި ހުށައަޅާ ކުރެހުންތަކުގެ ސްޓްރަކްޗަރަލް މައްސަލަތައްބަލާ ރަނގަޅު ކުރެހުންތައް ފާސްކުރުން.
  2. އިމާރާތް ކުރުމާއި ބެހޭގޮތުން ހަދަންޖެހޭ ޤަވާއިދުތަކާއި އިސްލާހުކުރަންޖެހޭ ޤަވާދިތުތައް އިސްލާހު ކުރުމަށް ލަފަޔާއި އިރުޝާދު ދިނުން.
  3. ހުއްދައަށް އެދި ހުށަހަޅާ ކުރެހުންތަކާއި އެކުގައި ހުށަހަޅާ ފައުންޑޭޝަން އެކްސްކަވޭޝަން މެތަޑްތައްބަލާ އެކަށީގެންވާ ކުރެހުންތައް ފާސްކޮށް އެކަށީގެންނުވާ މެތަޑްގައިހުރި މައްސަލަތައް ރަނގަޅަށްލިޔެ އެކަން އަންގަންޖެހޭ ފަރާތްތަކަށް އެންގުމުގެ މަސައްކަތް ކުރުން.
  4. ސައިޓް ޗެކްކުރުމާއި، ސައިޓް ޕްލޭންގެ މިންތަކާއި، ސައިޓްގެ (ނުވަތަ ގޯތީގެ) މިންތައް ދިމާވޭތޯ ބެލުން.
  5. ވެންޓިލޭޝަނާއި، ޢިމާރާތުގެ އެކިއެކި ބައިތަކުގެ އުސްމިނާއި ބޮޑުމިން ޤަވާޢިދަށް ފެތޭތޯ ބެލުން.
  6. ޢިމާރާތްކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ކުރެހުންތައްބެލުމާއި، ޢިމާރާތްކުރުމުގެ ޤަވާޢިދާ ޚިލާފުވާ މައްސަލަތައް ސަރުކާރުގެ ކަމާބެހޭ އެހެން އިދާރާތަކަށް ފޮނުވަންޖެހޭ މަޢުލޫމާތު ފޮނުވުމުގެމަސައްކަތް ކުރިއަށް ގެންދިއުން.
  7. އިޤްތިޞާދީ މަސައްކަތްކުރުމުގެ ހުއްދައާއި، އެތަންތަނުގެ ދޮރުކެނޑުމުގެ ހުއްދަ ދިނުމުގައި ބަލަންޖެހޭ ކަންތައްތައް ބަލައި، ޤަވާޢިދުން ހުއްދަދޭންޖެހޭ ފަރާތްތަކަށް ހުއްދަދިނުމުގެ މަސައްކަތް ކުރިޔަށް ގެންދިއުން.
  8. މާލެއާއި، ވިލިނގިލި ގޯތި ގޯއްޗާއި ތަންތަން ސާރވޭކުރުމާއި، ޗާޓް އަޕްޑޭޓް ކުރުމުގެ ކަންތައްތައް ބެލެހެއްޓުން.
  9. ގޯތިބައިކުރާ ޗާޓް ކުރެހުމާއި، އިންވަކިކޮށް މުޑި ބުރި ވަޅުލުމުގެ މަސައްކަތް ކުރިޔަށް ގެންދިއުން.
  10. މާލެ ވިލިނގިލި އަދި ހުޅުމާލޭގެ ގޯތި ގޯއްޗާއި ބިންބިމަށް ހަދައިދޭ ރަޖިސްޓަރީ ތަކުގެ ޑްރާފްޓް އައި ރަޖިސްޓަރީތަށް ޗެކްކުރުން.
  11. ރަޖިސްޓަރީއާއި ބެހޭގޮތުން ހުށަހެޅޭ އެކިއެކި މައްސަލަތައް ބެލުން.
  12. ޕީ.އެސް.އައި.ޕީ ގައި ނުހިމެނޭ ތަރައްޤީގެ މަޝްރޫއުތަކާއި އެއްގޮތަށް މާލޭގެ ޕްރޮޖެކްޓްތައް ރާވައި ހިންގުން.
  13. ދިރިއުޅުމަށް ދޫކޮށްފައިވާ ގޯއްޗެއް ނުވަތަ ގޯއްޗަކުން ބައެއް ނުވަތަ އެފަދަ ގޯއްޗެއްގައި ކޮށްފައިވާ އިމާރާތެއް ނުވަތަ އިމާރާތުން ބައެއް ދިރިއުޅުމަށް ނުވަތަ ދިރިއުޅުން ނޫން ބޭނުމަށް ކުއްޔަށް ދިނުމުގެ ހުއްދައާއި ރަޖިސްޓްރީ ދޫކުރުން.
  14. މާލޭ ސިޓީކައުންސިލުން ކުއްޔަށްދޫކުރާ ތަންތަން ނުވަތަ ބިން ކުއްޔަށް ދިނުމުގައި ސަރުކާރުން ހަމަޖައްސަވާފައވާ ޤާނޫނާއި ޤަވާއިދާއި އެއްގޮތަށް ޓެންޑަރ އުސޫލުން ކަންތައްތައް ކުރިޔަށް ގެންގޮސް ނިންމުން.
  15. ޕްރޮޖެކްޓްތައް ޑިޒައިންކުރުމަށްފަހު ފާސްކުރުމަށްޓަކައި މިނިސްޓްރީ އޮފް ޕްލޭނިންގ އެންޑް ނޭޝަނަލް ޑިވެލޮޕްމަންޓަށާއި،  މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓްއަށް ހުށަހެޅުން.އަދި ހިގަމުންދާ ޕްރޮޖެކްޓް ނިމުމުން ޕްރޮޖެކްޓް ކޮމްޕްލީޝަން ރިޕޯޓް ތައްޔާރުކޮށް ހުށަހެޅުން.
  16. ޕީ.އެސް.އައި.ޕީ ގެ ދަށުން މާލޭ ސިޓީކައުންސިލަށް ކަނޑައެޅޭ ޕްރޮޖެކްޓްތައް ހިންގުން.
  17. މާލެ އާއި ވިލިމާލޭގައި ހުރި ސަރުކާރުގެ ބެލެމުގެ ދަށުން ހިންގާ ފްލެޓްތަކާއި ގުޅިގެން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ރާވާ ހިންގުން
  18. މާލޭގެ ބިމުގެ ދަފްތަރު ބެލެހެއްޓުމާއި ސަރުކާރު އޮފީސްތަކަށް / ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ބިންދޫކުރުމުގެ ކަންތައް ބެލެހެއްޓުން.

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

ސިވިލް އިންޖިނިއަރިން، އާރކިޓެކްޗަރ، ބިލްޑިންގް ކޮންސްޓްރަކްޝަން، އަދި މިނޫންވެސް ގުޅުންހުރި ދާއިރާއ ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަސައްކަތާ ގުޅުން ހުރި ދާއިރާއިން މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ތަޢުލީމާއި ތަޖުރިބާ/ފެންވަރު ނުވަތަ ޝަރުތު:  

  • ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް         
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

 (ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  • ވަޒީފާގެ މަސައްކަތު ދާއިރާއާއި ގުޅޭ ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ.
  • މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތް ކަނޑައަޅާނީ، ވަޒީފާއަށް އެންމެ ޤާބިލު ފަރާތް ހޮވުމަށް ކަނޑައެޅިފައިވާ ކްރައިޓީރިއާގައި ހިމެނޭ ތިރީގައި މިދަންނަވާ ބައިތަކަށް ޕޮއިންޓް ދިނުމަށްފަހު، އޭގެ ތެރެއިން އެންމެ ގިނަ ޕޮއިންޓް ލިބޭ ފަރާތަކީ ވަޒީފާއަށް އެންމެ ޤާބިލު ފަރާތްކަމުގައި ކަނޑައަޅާ ގޮތަށެވެ.

  • ލިބިފައިވާ ތަޢުލީމާއި ތަމްރީނު    %25
  • ލިބިފައިވާ ވަޒީފާއާއި ގުޅުންހުރި ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީން
  • ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ  %25
  • އިންޓަރވިއު އަދި ޕްރެޒެންޓޭޝަން %40

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މަޤާމަށް އެދި ހުށަހަޅަންޖެހޭތަކެތި ހުށަހަޅާނީ 6 އޮގަސްޓް 2019 ވާ އަންގާރަ ދުވަހުގެ 14:00ގެ ކުރިން މާލޭ ސިޓީ ކައުންސިލް އިދާރާގެ  މައްޗަންގޯޅި އޮފީހަށެވެ.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިންޓަރވިއު ކުރެވޭނީ މަޤާމުގެ އަސާސީ ޝަރުތު ފުރިހަމަވާ ފަރާތްތަކާއި އެވެ. އިންޓަރވިއ  އޮންނާނީ  6-20 އޮގަސްޓް 2019 އާ ދެމެދު މާލޭ ސިޓީ ކައުންސިލް އިދާރާ (މަށްޗަންގޮޅީ ބައި) ގައެވެ.

 

އިންޓަރވިއުކުރުން.

 

މި ވަޒީފާތަކަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.  

ޝޯޓް ލިސްޓްކުރުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ (7989840، 3306727) އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

 

         21 ޒުލްޤައިދާ 1440

         24 ޖުލައި 2019

24 ޖުލައި 2019
ހޯދާ