ޖުވެނައިލް ކޯޓް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

ވަޒީފާގެ ފުރުޞަތު

                          (IUL)147-AIT/1/2019/11  :ނަންބަރު

ތާރީޚް: 24 ޖުލައި 2019 

މަޤާމް:

އެޑްމިނިސްޓްރޭޓިވް އޮފިސަރ ( ޖީ.އެސް 3 )

ބޭނުންވާ ޢަދަދު:

01

މުސާރަ:

  މަހަކު -/4465 ރުފިޔާ

ސާރވިސް އެލަވަންސް:

  މަހަކު -/1500 ރުފިޔާ

މަސައްކަތްކުރަންޖެހޭތަން:

   ޖުވެނައިލް ކޯޓު / މާލެ 

ސެކްޝަން:

ޝަރީޢަތްތަކާބެހޭ ސެކްޝަން (Jv-B4)

މަޤާމުގެ އަސާސީ ޝަރުތު:

މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން އިންޓަރވިއުގައި ސާބިތުކޮށްދިނުމާއި އެކު؛

1.ސާނަވީ އިމްތިޙާނަކުން 2 މާއްދާއިންދަށްވެގެން "ޑީ" ފާސް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް   އިމްތިޙާނުގައި "ދިވެހި" މިމާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން      ނުވަތަ

2.މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ހައްގުވާ މާކުހެއް ލިބެމުންދިޔުމާ އެކު، 2 GS ގެ ރޭންކްގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

އެހެނިހެން ޝަރުތު:

  • ކޮމްޕިއުޓަރަށް އަހުލުވެރި ފަރާތަކަށްވުމާއި ކޮމްޕިއުޓަރުން ޓައިޕްކުރުމަށްފަރިތަ ފަރާތަކަށްވުން.
  • ގަވައިދުން ވަޒީފާއަށް ޙާޒިރުވެވޭފަދަ ޞިއްޙަތު ރަނގަޅު ފަރާތަކަށްވުން.

މަޤާމުގެމައިގަނޑުމަސްއޫލިއްޔަތު:

- ޝަރީޢަތުގެ މަޖިލީހުގައި ނެގޭ އެންމެހައި ބަޔާންތައް ލިޔެ ތައްޔާރުކުރުމާއި، ޝަރީޢަތުގެ މަޖީލީސްތައް ބޭއްވުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، ޝަރީޢަތްތައް ކުރިއަށްދާއިރު ޝަރީޢަތުގެ މަޖިލީހުގެ ކަންތައްތައް ބެލެހެއްޓުމާއި، ޝަރީޢަތްތަކާ ގުޅޭގޮތުން ކުރަންޖެހޭ އިދާރީ އެހެނިހެން މަސައްކަތްތައް ކުރުން.

އުޖޫރައާއި ޢިނާޔަތްތައް:

  މި މަޤާމަށް ހޮވޭފަރާތްތަކަށް:

  • ޖުޑީޝަލް އެލަވަންސްގެ ގޮތުގައި މުސާރައިގެ % 40 ލިބޭނެ.
  • ލިވިން އެލަވަންސްގެ ގޮތުގައި -/2700 ރުފިޔާ ލިބޭނެ.
  • ނައިޓް ކޯޓުގައި މަސައްކަތް ކުރުވައިފިނަމަ، ހަމަޖެހިފައިވާ އުޞޫލުން ނައިޓްކޯޓު އެލަވަންސް ލިބޭނެ.
  • އިތުރުގަޑީގައި މަސައްކަތްކުރުވައިފިނަމަ، ހަމަޖެހިފައިވާ އުޞޫލުން  އިތުރުގަޑީގެ ފައިސާ  ދެވޭނެ.

ހުށަހަޅަންޖެހޭ  ލިޔުންތައް:

މި މަޤާމަށް އެދޭ ފަރާތްތަކުން ވަޒީފާއަށް އެދޭފޯމު ފުރިހަމަ ކުރުމަށްފަހު، ހުށަހެޅުމަށް އެފޯމުގައި ބަޔާންކޮށްފައިވާ ތަކެއްޗާއެކު، މިކޯޓަށް (ޖުވެނައިލް ކޯޓު، މ. މާތިލަ) ފޯމު ހުށަހެޅުން އެދެމެވެ.

ސުންގަޑި:

2019 ޖުލައި 31 ވަނަ ދުވަހުގެ 12:00

އިތުރު މަޢުލޫމާތު:

-   މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމް.ކިއު.އޭ) އިން އެކްރެޑިޓް ކޮށްފައިވާ ސެޓްފިކެޓެއް ހުށަހަޅާނަމަ، ސެޓްފިކެޓާއެކު ޓްރާންސްކްރިޕްޓް ހުށަހަޅަންވާނެއެވެ.

-   ވަޒީފާއަށް ކުރިމަތިލާ ފަރާތުން އަދާކުރި ނުވަތަ އަދާކުރަމުންދާ ވަޒީފާގެ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުން ހުށަހަޅާނަމަ، މަޤާމުގައި ވީ ދުވަހާއި މަޤާމުގެ ނަމާއި ރޭންކާއި އަދާކުރާ މަސްއޫލިއްޔަތު ބަޔާންކޮށްފައި އޮންނަންވާނެއެވެ.

-   ވަޒީފާއަށްއެދޭ ފޯމު މިކޯޓުގެ ރިސެޕްޝަނުންނާއި  ވެބްސައިޓު http://www.juvenilecourt.gov.mv އިން ލިބެންހުންނާނެ. އިތުރު މަޢުލޫމާތު، މި ކޯޓުގެ ނަމްބަރު 3332645 ފޯނަށް ގުޅުއްވުމުން ލިބިވަޑައިގަންނަވާނެ.

24 ޖުލައި 2019
ހޯދާ