ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު
މަޤާމު: |
އެސިސްޓެންޓް މެނޭޖަރ |
ބޭނުންވާ ޢަދަދު |
1 |
ވަޒީފާ އަދާކުރަންޖެހޭ ތަން: |
ހިއުމަން ރިސޯސަސް ޑިޕާރޓްމަންޓް/ ހެޑްއޮފީސް |
އަސާސީ މުސާރަ: |
5600.00 އާއި 7400.00 ރުފިޔާ އާއި ދެމެދު |
އިތުރު ޢިނާޔަތްތައް: |
ސާރވިސް އެލަވަންސް: ބޭސިކް މުސާރައިގެ %60 ސެޓްފިކެޓް އެލަވަންސް:ޑިގްރީ-ބޭސިކް މުސާރައިގެ %40 ފުޑް އެލަވަންސް: ހަޒިރުވާ ދުވަހަށް ދުވާލަކަށް 60.00 ރުފިޔާ |
ޝަރުޠު: |
|
މަޤާމްގެ މަސްއޫލިއްޔަތުތައް |
- ކުންފުންޏަށް މީހުން ބިނާކުރުމަށް ބޭނުންވާ ދާއިރާތައް ދެނެގަނެ އެދާއިރާތަކަށް މީހުން ބިނާކުރުން. - އިންހައުސް ޓްރޭނިންގ ރާވައި ހިންގުން. - ކުރުމުއްދަތާއި ދިގުމުއްދަތުގެ ކޯސްތަކުގައި ރާއްޖެއާއި ރާއްޖެއިން ބޭރަށް މުވައްޒަފުން ފޮނުވުމުގެ އިންތިޒާމް ހަމަޖައްސައި ގުޅުންހުރި ރިކޯޑްސްތައް ބެލެހެއްޓުން. |
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް |
ހ. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީން. ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން. ނ. ހުށަހަޅާ ޕްރެޒެންޓޭޝަން. ރ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކުރުން. ބ. ދާއިރާގުޅޭ މަސައްކަތްތައް އެގޭ މިންވަރު ބެލުމަށް ދެވޭ ޓެސްޓް ޅ. މަސައްކަތުގެ ދާއިރާއިން އުފެއްދުންތެރި ޙިޔާލާއި އާވިސްނުންހުރި މިންވަރު. ކ. ގިނަވަގުތު އޮފީހުގައި މަސައްކަތްކުރެވޭ މީހެއްކަމުގައިވުން. |
އިންޓަރވިއުކުރުން: |
އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތަކާއެވެ. އިންޓަވިއު އަދި ޕްރެޒެންޓޭޝަން ހުށަހެޅުން އޮންނާނީ އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޙުން ފެށިގެން 1 ހަފްތާ ތެރޭގައި މިފްކޯ ހެޑް އޮފީހުގައެވެ. |
ހުށަހަޅަންޖެހޭ ލިޔެކިޔުންތައް: |
ހ- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ ސާފް ކޮޕީ ދެފުށް ފެންނާނޭހެން. ށ. ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔެކިޔުންތަކާއި އަދި މަސައްކަތުގެ ތަޖްރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް. ނ- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯންނަމްބަރާއެކު) ރ- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ. |
މަޤާމަށް މީހަކު ހޮވުމުގައި ކަނޑައަޅާ ކްރައިޓީރިއާ |
- އިންޓަރވިއު -------------%20 - ޕްރެޒެންޓޭޝަން------------%30 - ތަޢުލީމީ ފެންވަރު----------%20 - މަސައްކަތުގެ ތަޖްރިބާ------%30 |
ތަކެތި ހުށަހަޅަންޖެހެޭ އޮފީސް: |
- ވަޒީފާއަށް އެދި ހުށަހަޅުއްވާނީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑްގެ ހެޑް އޮފީހުގެ ރިސެޕްޝަން ކައުންޓަރަށް. - އީމެއިލް ކުރައްވާނަމަ reception@mifco.com.mv އަށް އީމެއިލް ކުރެވުން. އަދި ފެކްސް ކުރައްވާނަމަ 3323955 ނަމްބަރަށް ފޮނުއްވުން އެދެމެވެ. - ތަކެތި ހުށަހެޅުމުގެ ސުންގަނޑިއަކީ 30 ޖުލައި 2019 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން. |
- ނޯޓް: މިއިޢުލާނާ ގުޅިގެން މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަރވިއުކުރުމަށްފަހު އެންމެ މަތީމާކުސް ލިބޭ އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3323932އެކްސްޓެންޝަން 300 ފޯނަށް ގުޅުއްވުން އެދެމެވެ.
24 ޖުލައި 2019