ދިވެހިރާއްޖެ
މި އިޢުލާންވަނީ 24 ޖުލައި 2019 08:40 ގައި ބާތިލް ކުރެވިފައެވެ.
ބީލަން ހުށަހެޅުމުގެ ދަޢުވަތު
- މި ސްކޫލުގައި ފާހާނާ ޢިމާރާތް ކުރާނެ ބަޔަކު ހޯދުމަށް ކުރި އިޢުލާނު ނަމްބަރ GS97/IUL/2019/017 އާއި ގުޅިގެން އެއްވެސް ފަރާތަކުން ޝައުޤުވެރިކަން ފާޅުކޮށްފައިނުވާތީ މި ސްކޫލުގެ އޮފީސްބައިގެ ފާހާނާއާއި މުވައްޒަފުންގެ ފާހާނާއެއް އަމިއްލަ ތަކެތީގައި ޢިމާރާތް ކުރުމުގެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.
- ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓުރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓުރީ ކުރެވިފައިވާ ތިރީގައި ބަޔާންކުރާ ފަރާތްތަކަށެވެ.
I. ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ ދަށުން ރަޖިސްޓުރީ ކުރެވިފައިވާ ކުންފުނިތައް.
II. ޕާޓްނަރޝިޕް ޤާނޫނުގެ ދަށުން ރަޖިސްޓުރީ ކުރެވިފައިވާ ޕާޓްނަރޝިޕްތައް.
III. ކޯޕަރޭޓިވް ސޮސައިޓީގެ ޤާނޫނުގެ ދަށުން ރަޖިސްޓުރީ ކުރެވިފައިވާ ކޯޕަރޭޓިވް ސޮސައިޓީތައް.
IV. އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުގެ ދަށުން ރަޖިސްޓުރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރިތައް.
- މިބީލަމާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2019ޖުލައި 30 ވާ އަންގާރަ ދުވަހުގެ 13:00 ގައި މިސްކޫލްގައެވެ.
- ބީލަން ހުޅުވުން އޮންނާނީ 2019 އޮގަސްޓް 6 ވާ އަންގާރަ ދުވަހުގެ 13:00 ގައި މިސްކޫލްގައެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
މަކުނުދޫ ސްކޫލް
ހދ މަކުނުދޫ، ދިވެހިރާއްޖެ
ފޯން: 6520529
އީ-މެއިލް: [email protected]
20 ޛުލްޤައިދާ 1440
23 ޖުލައި 2019
މުޙައްމަދު ލުޠުފީ
ޕްރިންސިޕަލް