ދިވެހިރާއްޖެ
އިޢުލާން
މިސްކޫލުގެ 2019 ވަނަ އަހަރުގެ ތެރޭގައި ކުރުމަށް ހަމަޖެހިފައިވާ މަރާމާތް ތަކުގެ ތެރެއިން -/35،000 ( ތިރީސްފަސްހާސް ) ރުފިޔާ އަށްވުރެ ދަށުގެ މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތައް ހޯދުމަށްކުރި މިސްކޫލުގެ ނަމްބަރު:GS208-C/2019/13 ތާރީޚް: (01 ޖުލައި 2019 ) އިޢުލާނަށް ކުރިމަތިލީ ފަރާތްތަކުން އެމަސައްކަތްތަކަށް އިޖާބަދެމުން ނުދާތީ އަލުން އިޢުލާން ކުރަމެވެ.
ވީމާ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 23 ޖުލައި 2019 އިން 31 ޖުލައި 2019 ގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހަކު ހެދުނު 8:00 އިން މެންދުރު 14:00 އާއި ދެމެދު މިސްކޫލަށް ވަޑައިގެން ނަންނޯޓު ކުރެއްވުން އެދެމެވެ.
މި މަސައްކަތްތަކަށް އީމެއިލް މެދުވެރިކޮށްވެސް ނަންނޯޓު ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. އީމެއިލް ކުރައްވާނީ [email protected] އަށެވެ. ކުރިން ރަޖިސްޓްރީކޮށްފައިވާ ފަރާތަކުން އަލުން ރަޖިސްޓްރީ ކުރަންނުޖެހޭނެ ވާހަކަވެސް ދެންނެވީމެވެ.
20 ޛުލްޤައިދާ 1440
23 ޖުލައި 2019