ފެކަލްޓީ އޮފް ހެލްތު ސައެންސަސް
ދިވެހިރާއްޖެ
ޕާޓްޓައިމް ލެކްޗަރަރ އިން ހޯދުން

ފެކަލްޓީ އޮފް ހެލްތް ސައިންސަސް

ހަނދުވަރީހިގުން، މާފަންނު

މާލެ، (20318)، ދިވެހިރާއްޖެ

ފޯނު  (960) 3346500 :   

ފެކްސް: (960) 3316498

އީމެއިލް: [email protected]                         

 

                                                                                                                             ނަމްބަރު: (IUL)FHS/2/2019/09

       

އިޢުލާން

ޕާރޓްޓައިމް ލެކްޗަރަރ އިން ބޭނުންވެއްޖެ.

ފެކަލްޓީ އޮފް ހެލްތް ސައިންސަސް

މާލެ، ދިވެހިރާއްޖެ

މިފެކަލްޓީގައި ހިންގާ އެޑްވާންސް ސެޓްފިކެޓް ، ޑިޕްލޮމާ އަދި ބެޗްލާރސް ޑިގުރީ ، މާސްޓަރސް ކޯސްތަކުގައި ކިޔަވައިދެއްވުމަށް ޕާރޓްޓައިމް ލެކްޗަރަރއިން ބޭނުންވެއެވެ.

މާއްދާތައް:

ހެލްތް މެނޭޖްމެންޓް އިންފޮމޭޝަން ސިސްޓަމް MGT 319  BPHC) )، ހެލްތް މެނޭޖްމެންޓް އިންފޯރމޭޝަން ސިސްޓަމް MGT 319  HSM))، ހިއުމަން ރިސޯސް މެނޭޖެމެންޓް HRM 301 ، ހެލްތް އެކޮނަމިކް ECO 211 ، ހެލްތް ޕްލޭނިންގ އެންޑް އެވެލިއުއޭޝަން MGT 313

ޝަރުތު:

މާއްދާ އާއި ގުޅޭ ދާއިރާއިން މާސްޓަރސް ޑިގްރީ  ނުވަތަ އެއާއި އެއްވަރު ސަނަދެއް  ޙާޞިލް ކޮށްފައިވުމާއި އެކު 2 އަހަރު ދުވަހުގެ މާއްދާ އާއި ގުޅުންހުރި ދާއިރާގެ މަސައްކަތު ތަޖްރިބާ ލިބިފައިވުން.

އުޖޫރަ:

ލެވެލް 100 ނުވަތަ އެއަށްވުރެ ދަށުގެ މާއްދާތަކަށް 60 މިނިޓްގެ ކޮންމެ ގަޑިއަކަށް -/200 ރުފިޔާ

ލެވެލް 200 ގެ މާއްދާތަކަށް 60 މިނިޓްގެ ކޮންމެ ގަޑިއަކަށް -/225 ރުފިޔާ

ލެވެލް 300 އަދި 400 ގެ މާއްދާތަކަށް 60 މިނިޓްގެ ކޮންމެ ގަޑިއަކަށް -/275 ރުފިޔާ

ލެވެލް 500 ނުވަތަ އެއަށްވުރެ މަތީގެ މާއްދާތަކަށް 60 މިނިޓްގެ ކޮންމެ ގަޑިއަކަށް -/500 ރުފިޔާ

މީގެއިތުރަށް މާކުކުރާ އެސައިންމަންޓް ތަކަށާއި، އޮންލައިން މަސައްކަތްތަކަށް އަދި އިމްތިހާން ކަރުދާސް މާރކުކުރުމަށް ހަމަޖެހިފައިވާ އުސޫލުން އުޖޫރަ ދެވޭނެއެވެ.

ސިޓީއާ އެކު ހުށައަޅަންޖެހޭ ތަކެތި

1-     ވަޒީފާއަށް އެދި ހުށައަޅާ ސިޓީގައި ކިޔަވައިދޭން ބޭނުންވާ މާއްދާތައް ބަޔާންކޮށްފައި އޮންނަންވާނެއެވެ.

2-     ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

3-     ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު

4-     ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ތައްގަޑު ޖަހާފައިވާ)

އިތުރު މައުލޫމާތު

- ކުލާސްތައް އޮންނާނީ ކަނޑައެޅޭ ވަގުތުތަކުގައި މިފެކަލްޓިން ހަދާފައިވާ ޓައިމް ޓޭބަލާއި އެއްގޮތަށެވެ.

- މިމަޤާމްތަކަށް މީހުން ހޮވުމުގައި ޔުނިވަރސިޓީއެއްގައި މި ދާއިރާގެ މާއްދާތައް ކިޔަވާދެއްވާފައިވާ

  ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

-       އިތުރު މައުލޫމާތު ބޭނުންފުޅު ނަމަ މިފެކަލްޓީގެ ނަމްބަރު 3346535 ފޯނާ ގުޅުއްވުން އެދެމެވެ.

ސުންގަޑި

30 ޖުލައި 2019 ވާ އަންގާރަ ދުވަހުގެ 13:30 ގެ ކުރިން މިފެކަލްޓީ އަށް ސިޓީ ފޮނުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ނަމަ [email protected]  އަށް މެއިލް ކޮށްދެއްވުން އެދެމެވެ.

     

                          20 ޛުލްޤައިދާ 1440

                          23 ޖުލައި 2019

23 ޖުލައި 2019
ހޯދާ