ދިވެހިރާއްޖެ
ކެޕިޓަލް މާރކެޓް އެންޑް ކޯޕަރޭޓް ގަވަރނަންސް އިންސްޓިޓިއުޓުން މާރކެޓްގައި ޙަރަކާތްތެރިވާ ފަރާތްތަކަށް ލައިސަންސް ދިނުމަށް/ ރަޖިސްޓްރޭޝަން ދިނުމަށް އަމާޒުކޮށް ތިރީގައިމިވާ އިމްތިޙާނުތައް ގަވާއިދުން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
1. ޑީލަރސް ރެޕްރެޒެންޓެޓިވް އެގްޒަމިނޭޝަން
2. ޝަރީޢާ އެޑްވައިޒަރ އެގްޒަމިނޭޝަން
މި އިމްތިޙާނުތަކުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ، އެ އިމްތިޙާނެއް ހެދުމުގެ ޝަރުޠު ފުރިހަމަވާ ފަރާތްތަކަށެވެ. އަދި އިމްތިޙާނުގައި އިށީނުމަށް ކަނޑައެޅިފައިވާ ޝަރުޠުތަކާއި އަދި އިމްތިޙާނުގައި ބައިވެރިވުމަށް ފުރިހަމަކުރަންޖެހޭ އެޕްލިކޭޝަން ފޯމު މިއޮތޯރިޓީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ. (http://cmda.gov.mv/education-and-training/examination-schedule/ )
ވީމާ، މި އިމްތިޙާނުތަކުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 20 ފެބުރުވަރީ 2014 އިން ފެށިގެންް، އެޕްލިކޭޝަން ފޯމު ފުރިހަމަ ކުރެއްވުމަށްފަހު، މިއޮތޯރިޓީއަށް ހުށަހެޅުއްވުން އެދެމެވެ. އަދި މި އިމްތިޙާނުތަކާ ގުޅޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިއޮތޯރިޓީގެ 3014104/3014112ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ. ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.
20 ރަބީޢުލްއާޚިރު 1435