ދިވެހިރާއްޖެ
އިޢުލާން
ފ .މަގޫދޫއިން ގޯތި ދޫކުރުމަށް އެކި ސަރަހައްދުތަކުގައި މިކައުންސިލުން ޖަހާފައިވާ ނަމްބަރުތަކަށް ވެރި ފަރާތުން ފޯމް ހުށަހެޅުމާބެހޭ
ފ .މަގޫދޫއިން ގޯތި ދޫކުރުމަށް އެކި ސަރަހައްދުތަކުގައި މިކައުންސިލުން ޖަހާފައިވާ ނަމްބަރުތަކަށް ވެރި ފަރާތުންއެރުކަކީ އެފަރާތުގެ ރުކެއްކަން ސާފުކޮށްދިނުމުގެ ގޮތުން މިކައުންސިލުން ޖަހާފައިވާ ނަމްބަރުގެ އިތުރުން ރުއް، ގަހުގެ ގޭގެ ނަމްބަރު ޖަހައި 2019 ޖުލައި 30 ވަނަދުވަހުގެ 14.00ގެ ކުރިން މިކައުންސިލަށް ފޯމު ހަށަހެޅުއްވުން އެދެމެވެ.
މިކައުންސިލުން ދެންނެވިފައިވާސަރަހައްދުތަކުގައި ހުރި ރަތްދަވާދުން ޖަހާފައިވާ ނަމްބަރަކީ ގޯތި ދިނުމަށް ހަމަޖައްސާފައިވާ ސަރަހައްދާއި، އެގޯތި ތަކުގެ މަގު، ގޯޅިއަށްއަރާގޮތަށް ހުރި ރުއްގަހެވެ.
ވިމާ، ދަންނަވާފައިވާ ތާރީޚަށް ރުއް، ގަހުގެ ވެރި ފަރާތްތަކުން ވެރި ފަރާތްކަން އެނގޭގޮތަށް މިކައުންސިލާ، ވެރިފަރާތުގެ ނަމްބަރު ޖަހައި ކަނޑައެޅިފައިވާތާރީޚްގެ ކުރިން ފޯމް ހުށަހެޅުއްވުންއެދެމެވެ. ދަންނަވާފައިވާ ތާރީޚްގެ ފަހުން ހުށަހަޅާ ފޯމް ބަލައިނުގަނެވޭނެވާހަކަ ހަނދުމަފުޅުކޮށްއަރުވަމެވެ.
18 ޛުލްޤައިދާ 1440ހ
21 ޖުލައި 2019މ