ދިވެހިރާއްޖެ
ފީވަކުސްކޫލް
ފީވައް،
ދިވެހިރާއްޖެ ނަންބަރު:GS-108/MIS/2019/19
ވަޒީފާގެ ފުރުޞަތު
|
މަޤާމް: އެޑްމިސްޓްރޭޓިވް އޮފިސަރ
މަޤާމުގެ ނަންބަރު: J248914
ބޭނުންވާ ޢަދަދު: 01 (އެކެއް)
މާޤާމުގެ ގިންތި: ދާއިމީ
މަޤާމުގެ ރޭންކް: ޖީ.އެސް. 3
މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1
ވަޒީފާ އަދާކުރަންޖެހޭ ތަން: ފީވަކު ސްކޫލް / ށ. ފީވައް
މުސާރަ: 4,465.00ރ. (މީލާދީ މަހަކަށް)
ސަރވިސް އެލެވަންސް: 1,500.00ރ. (މީލާދީ މަހަކަށް)
އެހެނހިހެން އެލެވަންސް: 1- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދްމަތް
2- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން
3-- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ
4- ސަޕޯޓިންގ ކޯ އެލެވަންސް 2 - 700.00ރ. (މީލާދީ މަހަކަށް)
މަޤާމުގެ މައިގަނޑު
މަސްޢޫލިއްޔަތުތަކާއި ވާޖިބުތައް: 1- ކޮންމެ ދުވަހެއްގެ ވެސް ޔައުމިއްޔާ ލިޔެ ބެލެހެއްޓުމާއި އޮފީހަށް އަންނަ އެންމެހާ ލިޔެކިޔުންތައް
އެންޓްރީކޮށް ބެލެހެއްޓުން
2- ސްޓޮކުން ތަކެތި ދޫކުރުމާއި ސްޓޮކަށް ބޭނުންވާ ތަކެއްޗަށް ރިކުއެސްޓްކުރުން
3- އޯލެވެލް އިމްތިޙާނާއި ގުޅިގެން ކުރަންޖެހޭ އެންމެހައި އިދާރީ ކަންކަން ކުރުން
4- ދުވަހުގެ ތާވަލް ތައްޔާރުކޮށް ނޯޓިސްބޯޑަށް ނެރުން
5- ދަރިވަރުންގެ ރަޖިސްޓްރީ ބެލެހެއްޓުން
6- ސްކޫލަށް ދަރިވަރުން ވެއްދުމުގެ ކުރަންޖެހޭ އިދާރީ އެންމެހާ ކަންކަން ކުރުން.
7- އަހަރީ ނަތީޖާ ރިޕޯޓްތައްޔާރުކުރުމާއި ސެޓްފިކެޓް ހެދުން
8- މީގެ އިތުރުންވެސް މަސައްކަތުގެ މަސްޢޫލިއްތާއި ގުޅުންހުރި ކަންކަން ސްކޫލުން އަންގާ ގޮތެއްގެ މަތިން ކުރުން
މަޤާމުގެ ޝަރުތުތައް: 1- މާޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގނަޑުގެ ލެވެލް 3 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން
ނުވަތަ
2- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެއިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މިމާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.
ހުށަހަޅަންޖެހޭ ލިޔުންތައް: 1- ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް ( މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. )
2- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
3- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
4- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
5- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލުކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.
(ށ) މަތީ ތަޢުލީމުދޭ ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.
6- ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
7- ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމާ، އެ ސެޓުފިކެޓުގެ ކޮޕީ.
8- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ
(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި ، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް
ހޮވުމަށް ބެލޭނެ ކަންތައްތައް:
ދާއިރާ |
ބެލޭނެ ބައިތައް |
ތަޢުލީމާއި ތަމްރީން |
ލިބިފައިވާ ތަޢުލީމް އަދި މަސައްކަތު ދާއިރާއާގުޅޭ ކުރުމުއްދަތުގެ ތަމްރީން |
އިމްތިޙާން |
ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށްދެވޭ އިމްތިޙާން |
މަސައްކަތުގެ ތަޖުރިބާ |
މަޤާމުގެ މަސައްކަތުގެ ދާއިރާއާގުޅޭ ތަޖުރިބާ |
ލިބިފައިވާ ހުނަރު |
އިންޓަރވިއު / ޕްރެކްޓިކަލްސް |
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2019 ޖުލައި 31 ވާ ބުދަ ދުވަހުގެ 12.00 ގެ ކުރިން ފީވަކުސްކޫލަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް[email protected] މެދުވެރިކޮށް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
އިންޓަވިއު އޮންނާނެތަނާއި،
މުއްދަތު: މިމަޤާމަށް މީހަކު ހޮވުމަށް ކުރެވޭ އިންޓަރވިއު އޮންނާނީ، 2019 ޖުލައި 31 ން 2019 އޯގަސްޓް 04 އާ ދެމެދުގެ ތާރީޚެއްގައި ފީވަކު ސްކޫލްގައެވެ.
ޝޯޓް ލިސްޓްކުރުން: މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.
މި އިޢްލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6540543 އަށެވެ. އީމެއިލް ކުރާނީ [email protected] އަށެވެ.
19 ޛުލްޤައިދާ 1440ހ.
22 ޖުލައި 2019މ.