ހައްދުންމަތީ ފޮނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އައި.ޔޫ.އެމް ލަރނިންގ ސެންޓަރުގެ އޮފީހާއި 03 ކުލާސްރޫމް ގައި އޭސީ ހަރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

އައި.ޔޫ.އެމް ލަރނިންގ ސެންޓަރުގެ އޮފީހާއި 03 ކުލާސްރޫމް ގައި އޭސީ ހަރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

 

ލ. ފޮނަދޫގައި ހުންނަ އައި.ޔޫ.އެމް ލަރނިންގ ސެންޓަރުގެ އޮފީހާއި 03 ކުލާސްރޫމްގައި އޭސީ ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދިނުމަށް ސައުގުވެރިވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

 

 

މަޢުލޫމާތު ސާފުކުރުން

29 ޖުލައި 2019 (ހޯމަ) ދުވަހުގެ 13:30 ގައި ލ. ފޮނަދޫ ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައި މިމަސައްކަތާއި ގުޅޭ މަޢޫލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނެއެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރި ނުވިޔަސް މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު އޮންނާނެއެވެ. ބީލަންކަރުދާސް މަޢުލޫމާތު ސާފުކުރުމަށް ހަމަޖެހިފައިވާ ގަޑީގެ ފަހުން ލ. ފޮނަދޫ ކައުންސިލް އިދާރާއިން ލިބެން ހުންނާނެއެވެ.

 

ބީލަން ހުށަހެޅުން

ބީލަން ހުށަހަޅާނީ 04 އޯގަސްޓް 2019 (އާދީއްތަ) ދުވަހުގެ 13:30 ގައި ލ. ފޮނަދޫ ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައި އޮންނަ ބީލަން ބައްދަލުވުމުގައެވެ.

ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ.

 

އިތުރު މަޢުލޫމާތު

މިބީލަމާގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް ގުޅުއްވާނީ:

ފޯނު: 6800082

އީމެއިލް: [email protected]

21 ޖުލައި 2019
ހޯދާ