ހުވަދުއަތޮޅު އުތުރުބުރީ ދެއްވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެސިސްޓެންޓް ފައިނޭންސް އޮފިސަރ

އިޢުލާން

           

މަޤާމް:

އެސިސްޓެންޓް ފައިނޭންސް އޮފިސަރ

މަޤާމުގެ ނަންބަރު:

J-308818

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ވަގުތީ (21 ޖުލައި 2021ގެ ނިޔަލަށް)

މަޤާމުގެ ރޭންކް:

ޖީ.އެސް 4

މަޤާމުގެ ކްލެސިފިކޭޝަން:

އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ހުވަދުއަތޮޅު އުތުރުބުރީ ދެއްވަދޫ ކައުންސިލްގެ އިދާރާ / ގއ. ދެއްވަދޫ

މުސާރަ:

5020.00 ރުފިޔާ

ސަރވިސް އެލެވަންސް:

1500.00 ރުފިޔާ

އެހެނިހެން އެލަވަންސް:

ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. އޮފީހުގެ ބަޖެޓަށް ލިބޭފައިސާއި، އެހެނިހެން ފައިސާގެ އެންމެހައި މުޢާމަލާތްތައް، ދައުލަތުގެމާލިއްޔަތުގެ ޤާނޫނާއި،ޤަވާޢިދުގައިވާގޮތުގެމަތިން ޒިންމާދާރު ކަމާއެކުހިންގާބެލެހެއްޓުން.
  2. އޮފީހުގެ ތިޖޫރި ބެލެހެއްޓުމާއި، ތިޖޫރީގައި ހުންނަ ފައިސާގެ ހިސާބު ލިޔެ ބެލެހެއްޓުން.
  3. ކައުންސިލްގެ އިދާރާ އިންކުރާ އެންމެހައި ޚަރަދުތައް ބެލެހެއްޓުމާއި  ވައުޗަރާއި ޗެކްތައް، ރަޖިސްޓަރީ ފުރިހަމަކޮށް ބެލެހެއްޓުމާއި، އެކައުންޓްތަކަށް ޖަމާކުރެވޭ ފައިސާގެ ހިސާބުތައް ބެލެހެއްޓުމާއި ، ފައިސާ ޙަވާލު ކުރަންޖެހޭ ފަރާތްތަކަށް ފައިސާ ޙަވާލު ކުރުން.
  4. ކައުންސިލްގެ އިދާރާގެބަޖެޓުފައިސާ އަދި ޚަރަދު ތަކާއިބެހޭ ގޮތުން ކުރަން ޖެހޭ މުޢާމަލާތްތައް ކުރުމާއި ، ކައުސިލް އިދާރާގެ އިސްވެރިންނަށް ބޭނުންވާ މަޢްލޫމާތު ދިނުމާއި ލަފާ އެރުވުމާއި ، ބަޖެޓް އައިޓަމުތަކުން ޚަރަދުކޮށްގެން ހޯދަންޖެހޭ ތަކެތި (ލިޔެކިޔުމާއި،ފޮޅާސާފްކުރުމާ،އެހެނިހެންގޮތްގޮތުން ހޯދާތަކެތި) ހޯދުމާއި، އެތަކެތި ސްޓޮކަށް ޖަމާކޮށް ސްޓޮކްބަލަހައްޓާ މުވައްޒަފަކާއި ޙަވާލު ކުރުން.
  5. ކައުންސިލްގެ އިދާރާއަށް ބޭނުންވާ ހަރުމުދާ (މެޝިނަރީއާއި، ފަރނީޗަރާއި، އެހެނިންތަކެތި) ކައުންސިލުން ފާސްކޮށް ނިންމާ ގޮތެއްގެ މަތީން ލަސް ނޮކޮށް ދައުލަތުގެ މާލިއްޔަތު ޤަވާޢިދު ގައިވާ ގޮތުގެ މަތީން ހޯދާ ބެލެހެއްޓުން.
  6. ކޮންމެމަހަކުމުވައްޒަފުންގެ މުސާރަ އާއި އުޖޫރަ ދިނުމާއިބެހޭ އެންމެހައި ކަންތައްތައް (މުވައްޒަފުންގެ ޙާޟިރީ ރިޕޯޓް އިތުގަޑިގެ ރިޕޯޓްފަދަ މުހިއްމު ލިޔުންތައް ބަލާ ، ޗެކް ކުރުމާއިއެކު ކަމާއިބެހޭ ޤާނޫނާއި ޤަވާޢިދު ތަކާއި ، އުޞޫލުތަކާއި އެއްގޮތަށް)ކޮންމެމަހެއްގެ އެންމެފަހު ދެ ދުވަހު މުވައްޒަފުންނަށް މުސާރައާއި އުޖޫރަ ދިނުމަށް މަސައްކަތް ކުރުން.
  7. ކައުންސިލް އިދާރާގެއިންވެންޓްރީގައިވާ (ހަރުމުދަލާއިބެހޭ) ހުރިހާތަކެއްޗެއް ދައުލަތު ގެމާލިއްޔަތު ޤާނޫނާއި، ޤަވާޢިދުގައިވާ ގޮތުގެމަތިން ބެލެހެއްޓުމާއި އިންވެންޓްރީ އަޕްޑޭޓް ކޮށް ބެލެހެއްޓުން.
  8. މަހުންމަހަށްސަރުކާރުގެ ކަމާއިބެހޭ ފަރާތްތަކަށް ފޮނުވަންޖެހޭފައިސާގެ އެންމެހައި ރިޕޯޓްތައް ކަޑައެޅިފައިވާ މުއްދަތުގެތެރޭގައި ފޮނުވުމަށް ބާރު އަޅާ އެމަސައްކަތް ކުރިޔަށް ގެންދިޔުން.
  9. އިންޕޯޓްކުލި، ބިމުކުލި، އަދި އެހެނިހެން ގޮތްގޮތުން ކައުންސިލަށްލިބެންޖެހޭ ފައިސާއި،ޖުރުމަނާގެ ގޮތުގައި ލިބެންޖެހޭ ފައިސާ ހޯދުމަށް ބާރު އެޅުމާއި، ފައިސާ ނުދައްކާ ފަރާތްތަކަށް އަންގަންޖެހޭ އެންގުންތައް އެންގުމާއި، އަޅަންޖެހޭ ފިޔަވަޅު ތައް އެޅުން.
  10. ފިޠުރުޒަކާތާއި މުދަލުޒަކާތުގެ ފައިސާނެގުމާއި، ފަޤީރުންނާއި މިސްކީނުންގެ ލިސްޓްނެގުމާއި،އެ ލިސްޓްތައް ކަމާއިބެހޭ ފަރާތްތަކަށް ފޮނުވުމާއި، އަދި ޒަކާތަށް ލިބޭ ފައިސާއި ތަކެތި، މިނިސްޓްރީއޮފް އިސްލާމިކް އެފެއާޒުން އަންގަވާ ގޮތެއްގެ މަތިން ފަޤީރުންނާއި މިސްކީނުންނަށް، ބެހުމުގެ މަސައްކަތް ކުރުން.
  11. ނީލަންކިޔަންޖެހޭ ތަކެތި ނީލަންކިޔުމާއިބެހޭ އިންތިޒާމުތައް ހަމަޖެއްސުމާއި، ނީލަންކިޔާ ތަކެއްޗާއި، އަދި ނައްތާލެވޭ ތަކެތީގެ ރެކޯޑް ބެލެހެއްޓުން.
  12. ކައުންސިލްގެ އިދާރާގެ މާލީ ހިސާބުތައް އޮޑިޓްކުރުމަށް އޮޑިޓަރ ޖެނެރަލުގެ އޮޑީޓަރުންނަށް އެހީތެރިވުން.
  13. ކައުންސިލްގެއިދާރާގެ ހުރިހާ މުވައްޒަފުން ޝާމިލުވެގެން ކުރަންޖެހޭ ކަންތައްތަކާއި، އަދި ދިމާވާ މުހިންމު / ޚާޢްޞަ ޙާލަތްތަކުގައި ކަންތަކުގައި ޙަވާލުކުރެވޭމަސައްކަތްތައް ކުރުން.

މަޤާމުގެ ޝަރުޠުތައް:

  1. ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. އަދި މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 

ނުވަތަ

 

  1. 'މަތީ ސާނަވީ' ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

 

 ނުވަތަ

 

  1. އެކައުންޓިންގ ނުވަތަ ފައިނޭންސް ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުން. 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ޙާސިލް ކޮށްފައިވާ ތައުލީމާއި، ތަމްރީނަށް ބަލައިގެން
  2. މަސައްކަތުގެ ދާއިރާއިން ތަޖުރިބާއަށް ބަލައިގެން
  3. ޤާބިލްކަން ކަށަވަރު ކުރުމަށް އިންޓަރވިއުކޮށްގެން

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 31 ޖުލައި 2019ވާ ބުދަ ދުވަހުގެ މެންދުރު 13.00ގެ ކުރިން، ހުވަދުއަތޮޅު އުތުރުބުރީ ދެއްވަދޫ ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް މިއިދާރާގެ އީމެއިލް [email protected]މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 01 އޮގަސްޓް 2019 އާއި 03 އޮގަސްޓް 2019 އާ ދެމެދު، ހުވަދުއަތޮޅު އުތުރުބުރީ ދެއްވަދޫ ކައުންސިލްގެ އިދާރާ ގައެވެ.

 

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާރކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6820023 އަށެވެ. އީ-މެއިލް ކުރާނީ [email protected]އަށެވެ.

 

18  ޛުލްޤައިދާ  1440

21  ޖުލައި    2019

 

    

21 ޖުލައި 2019
ހޯދާ