ދިވެހިރާއްޖެ
ައްދުންމަތީ ގަމުން ދޫކުރުމަށް ހަމަޖެހިފައިވާ 2000 (ދެހާސް) އަކަފޫޓުގެ 400 (ހަތަރު ސަތޭކަ) ގޯއްޗަށް އެދުމުގެ ފުރުޞަތު 21 ޖުލައި 2019 ވާ އާދީއްތަ ދުވަހުން ފެށިގެން 21 އޮގަސްޓް 2019 ވާ ބުދަ ދުވަހުގެ 14:00 އަށް ހުޅުވާލައިފީމެވެ. ގޯއްޗަށް އެދޭ އޮންލައިން ލިންކު 21 ޖުލައި 2019 އިން ފެށިގެން މި އިދާރާގެ ވެބްސައިޓް: www.gan.gov.mv އަދި ފޭސްބުކުޕޭޖު: L. Gan Council އިން ލިބިލައްވާނެއެވެ.
ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް
- ގޯއްޗަށް އެދޭމީހާގެ މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސްކޭން ކޮޕީ (ދެފުށް)
- ގޯއްޗަށް އެދޭ މީހާއަކީ ކައިވެންޏެއް ކޮށްގެން އުޅޭމީހެއްނަމަ ކައިވެނީގެ ސެޓްފިކެޓްގެ ސްކޭން ކޮޕީ (ހުރިހާ ޞަފްޙާއެއް)
- ގޯއްޗަށް އެދޭ ފަރާތުގެ އުފަން ދަރިންނާއި، އަނބިމީހާގެ ނުވަތަ ފިރިމީހާގެ މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު (ދެފުށް)
- ޚާއްޞައެހީއަށް ބޭނުންވާ ކުއްޖަކު ބަލާނަމަ އެކަން އެނގޭފަދަ ރަސްމީ އިދާރާގެ ލިޔުމުގެ ސްކޭން ކޮޕީ.
- ޝަރުޢީ ގޮތުން ބެލެނިވެރިކަން މަތިކޮށްފައިވާ ކުއްޖަކު ބަލާނަމަ އެކަން އެނގޭފަދަ ޝަރުޢީ ލިޔުމުގެ ސްކޭން ކޮޕީ
- ފުރަތަމަ ޑިގުރީންފެށިގެން މަތީ ތަޢުލީމީ ސެޓްފިކެޓެއްގެ ސްކޭން ކޮޕީ (އަތޮޅުން ބޭރުގެ ފަރާތްތަކުން)
- ޚާއްޞަވެފައިވާ ދާއިރާގެ 2 އަހަރު ދުވަހުގެ ތަޖްރިބާ ހުރިކަމުގެ ލިޔުމުގެ ސްކޭން ކޮޕީ (އަތޮޅުން ބޭރުގެ ފަރާތްތަކުން)
- 600 އަކަފޫޓު ނުވަތަ އެއައްވުރެ ބޮޑު ގޯއްޗެއް ނުވަތަ ފުލެޓެއް ނުވަތަ ރޯހައުސެއް އޮތް ފަރާތެއްނަމަ އެ ތަން ދޫކޮށްލާނެ ކަމުގެ އިޤުރާރުގެ ސްކޭން ކޮޕީ (ކައުންސިލުން ކަނޑައަޅާ ފޯމެޓްގައި)
ހުށައަޅާ ހުރިހާ ލިޔުމެއް ހުންނަންވާނީ ސާފުކޮށް ކިޔަން އެނގޭ ފެންވަރަށް ސްކޭން ކޮށްފައެވެ. އަދި ހުށައަޅަންޖެހޭ ލިޔެކިޔުންތަކާއި މަޢުލޫމާތު ފުރިހަމަ ނުވާ ފޯމްތަކާއި ޞައްޙަ ނޫން މަޢުލޫމާތު ހިމެނޭ ފޯމްތައް ބާޠިލު ކުރެވޭނެއެވެ.
ވިމާ، ލ.ގަމުން ގޯއްޗަށް އެދޭ އުމުރުން 21 އަހަރު ފުރިފައިވާ ދިވެހިރައްޔިތުން ފޯމާއެކު ހުށައަޅަންޖެހޭ އެންމެހާ ލިޔެކިޔުންތަކާއެކު ހުށައަޅުއްވަމުން ގެންދެވުން އެދެމެވެ. މި ކަމާބެހޭ އިތުރު މަޢުލޫމާތު މި އިދާރާގެ ވެބްސައިޓުންނާއި ފޭސްބުކު ޕޭޖުން އަދި މި އިދާރާއިން ލިބިލައްވާނެއެވެ.
14 ޛުލްޤައިދާ 1440
17 ޖުލައި 2019