ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ސްކޫލް
ދިވެހިރާއްޖެ
މުވައްޒަފުން ބޭނުންވެއްޖެ

މަޤާމު:                          މަސައްކަތު

މަޤާމުގެ ނަންބަރު:                  J-227489 ، J-284343

ބޭނުންވާ އަދަދު:                    2 (ދޭއް)

މަޤާމުގެ ގިންތި:                     ދާއިމީ

މަޤާމުގެ ރޭންކް:                    އެސް.އެސް.1

މަޤާމުގެ ކްލެސިފިކޭޝަން:              ސްޕޯޓް ސްޓާފް ގްރޭޑް 1

ވަޒީފާ އަދާކުރަންޖެހޭ ތަން:             އިހަވަންދޫ ސްކޫލް/ ހއ. އިހަވަންދޫ

މުސާރަ:                         -/3100 ރުފިޔާ

ސަރވިސް އެލަވަންސް:               -/1000 ރުފިޔާ

އެހެނިހެން އެލަވަންސް:                -/1200 ރުފިޔާ (ސަޕޯޓިންގ ކޯ އެލަވެންސް -1 )

  • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  • ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  •  ސްކޫލްގެ އޮފީހާއި ގޮޑި މޭޒު ކަބަޑު، ދޮރާއި ދޮރުފަތް އަދި ފަންކާ ސާފުކުރުން އަދި ތަށިމުށި ސާފުކޮށް މޮޕްޖެހުން.
  • ޙަވާލުކުރެވޭ ކްލާސްތަކުގައި ފަރުނީޗަރާއި ކްލާސްކަބަޑާއި ވަށިގަނޑު، ފަންކާފަދަ ތަކެތި ރަގަޅަށް ފޮޅައި ސާފުކޮށް ބެލެހެއްޓުން. އަދި މުށިޖަހައިފައި ހުންނަ ކްލާސްތަކުގައި މުށި ސާފުކޮށް މޮޕްޖެހުން. 
  •  ސްކޫލްގެ ފާޚާނާތައް ތަޅުމާއި ބިތާއި ފާޚާނާ ތައްޓާއި މޫނުދޮންނަ ތަށި އަދި މިނޫނަސް ފާޚާނާގައި ބޭނުންކުރާ ޝަވަރު އިސްކުރުފަދަތަކެތި ފަރުވާތެރިކަމާ އެކު ރަގަޅަށް ސާފުކުރުން.
  • ޙަވާލުކުރެވޭ ވަގުތުތަކުގައި ފާޚާނާ ބެލެހެއްޓުން. އަދި ފާޚާނާކުރުމަށް އަންނަ ކުދިންނަށް އެހީތެރިވެދިނުން.
  • ސްކޫލްގައި ބޭނުންކުރާ ތަށްޓާއި ފެންއަޅާ ޖަގާއި ކޫލަރުފަދަ ތަކެތި ދޮވެ، ސާފުކޮށް ބެލެހެއްޓުން.
  • ސްކޫލުން އިންތިޒާމްކުރާ ބައްދަލުވުން، ސެމިނަރ، ވޯކްޝޮޕް، ޖަލްސާ އަދި ބައްދަލުވުންތަކަށް ގޮނޑި، ޑެސްކު ޖެހުމާއި އަދި ނިމުމުން އެތަކެތި ނަގައި ތަރުތީބުކުރުން
  • ސްކޫލް ގޯތިތެރެ އާއި ސްކޫލް ގޯތި ވަށައިގެންވާ މަގުތައް ކުނިކަހާ ސާފުކޮށް ބެލެހެއްޓުން.

 

މަޤާމުގެ ޝަރުޠުތައް:

 

  • ލިޔަންކިޔަން އެނގުން.

(ނޯޓް : ލިޔަން ކިޔަން އެނގޭކަން ދެނެގަންނާނީ ދަށްވެގެން ގްރޭޑް 5 ނިންމި ކަމުގެ ލީވިން ސެޓްފިކެޓް ނުވަތަ ލިޔަން ކިޔަން އެނގޭ ކަމަށް ބަޔާންކޮށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ދޫކޮށްފައިވާ ލިޔުމަކަށް ބަލައިގެންނެވެ.)

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކުރައްވާފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (www.csc.gov.mv ) އަދި އިހަވަންދޫ ސްކޫލު އޮފީހުން ލިބެން ހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްގެ ކޮޕީ، ނުވަތަ ކޯސް ފުރިޙަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓިން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތަޢުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ.

7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ އެސެޓްފިކެޓްގެ ކޮޕީ.

8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުޢައްސަސާއެއްގައި ނުވަތަސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރިފަރެންސް ޗެކް ފޯމް

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

- ޙާސިލްކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

- ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން.

 

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

  • ·     މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2019 ޖުލައި 31 ވާ ބުދަ ދުވަހުގެ 12:30 ގެ ކުރިން އިހަވަންދޫ ސްކޫލް އަށެވެ. މިވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް ([email protected]) މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. (އީމެއިލް މެދުވެރިކޮށް ފޮނުވާ އެޕްލިކޭޝަން ފޯރމް އޮފީހަށް ލިބުނުތޯ ޔަޤީން ކުރުމަކީ އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.) އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅާފިނަމަ އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ.  

 

އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު:

  • މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ،  4 އޮގަސްޓް 2019 އާއި 7 އޮގަސްޓް 2019 އާ ދެމެދު، އިހަވަންދޫ ސްކޫލް ގައެވެ.

 

ޝޯޓް ލިސްޓް ކުރުން:

  • މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

    

      މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6500096 ނަންބަރު ފޯނަށެވެ. ފެކްސް ކުރާނެ ނަންބަރަކީ، 6500528 އެވެ. އީ-މެއިލް ކުރާނީ  [email protected] އަށެވެ

‏18‏ ޛުލްޤަޢިދާ‏ 1440

21 ޖުލައި 2019
ހޯދާ