މޯލްޑިވްސް އިންޓަރނޭޝަނަލް އާބިޓްރޭޝަން ސެންޓަރ
ދިވެހިރާއްޖެ
މޯލްޑިވްސް އިންޓަރނޭޝަނަލް އާބިޓްރޭޝަން ސެންޓަރުގެ ވެބްސައިޓް ފަރުމާކޮށް، ރާއްޖެއިން ބޭރުގައި ވެބްސައިޓް ހޯސްޓް ކޮށްދޭނެ ފަރާތެއް ހޯދުމަށް

ނަންބަރު:IUL)479/1/2019/11) 

 

އިޢުލާން

 

 

މި އޮފީހުގެ ނަންބަރު: (08 ޖުލައި 2019) IUL479/1/2019/10  އިޢުލާނާ ގުޅިގެން އެކަށީގެންވާ މިންވަރަށް އަންދާސީހިސާބު ހުށަހަޅާފައި ނުވާތީ އެ އިޢުލާނު ބާޠިލުކޮށް އަލުން އިޢުލާނުކުރަމެވެ.

 

ޤާނޫނު ނަންބަރު 2013/10 (އާބިޓްރޭޝަނުގެ ޤާނޫނު) ގެ 75 ވަނަ މާއްދާގެ ދަށުން އުފައްދާފައިވާ މޯލްޑިވްސް އިންޓަރނޭޝަނަލް އާބިޓްރޭޝަން ސެންޓަރުގެ ވެބްސައިޓް ފަރުމާކޮށް، ރާއްޖެއިން ބޭރުގައި ވެބްސައިޓް ހޯސްޓް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ މި މަސައްކަތް ކޮށްދެއްވަން ބޭނުންވާ ފަރާތްތަކުން 22 ޖުލައި 2019 ވާ (ހޯމަ) ދުވަހުގެ 11:00 އަށް އެޓަރނީ ޖެނެރަލްގެ އޮފީހަށް ވަޑައިގެން  މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 29 ޖުލައި 2019 ވާ (ހޯމަ) ދުވަހުގެ 11:00 އަށް އެޓަރނީ ޖެނެރަލްގެ އޮފީހަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

      

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 7746377 ނަންބަރު އިން ޙުސައިން ވަޙީދު ނުވަތަ 7947772 ނަންބަރު އިން އަޙްމަދު އައިމަން އަށެވެ.

       

15 ޛުލްޤަޢިދާ 1440

18 ޖުލައި 2019
ހޯދާ