ސެންޓަރ ފޮރ ފައުންޑޭޝަން ސްޓަޑީޒް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ޕާރޓް ޓައިމް ލެކްޗަރަރ އިން ބޭނުންވެއްޖެ

ޕާޓްޓައިމް ލެކްޗަރަރއިން ހޯދުން

މަޤާމް:

ޕާރޓް-ޓައިމް ލެކްޗަރަރ

(އިންގްލިޝް ލެންގުއޭޖް، ދިވެހި، މެތެމެޓިކްސް، ، ފިޒިކްސް)

ބޭނުންވާ އަދަދު

ކޮންމެ މާއްދާ އަކަށް 2-6

އުޖޫރަ:

- ނަންގަވާ ކޮންމެ ގަޑިއަކަށް -/200 ރުފިޔާ  

- މާކްކުރައްވާ ކޮންމެ އެސައިންމަންޓަކަށް ނުވަތަ އިމްތިޙާނުކަރުދާހަކަށް -/35 ރުފިޔާ

 

މަސައްކަތް ކުރާނެ ތަން:

ސެންޓަރ ފޯރ ފައުންޑޭޝަން ސްޓަޑީސް، ދިވެހިރާއްޖޭ ގެ ޤައުމީ ޔުނިވަރސިޓީ،މާލެ

މަޤާމުގެ ޝަރުތު:

 ކިޔަވައި ދެއްވާ މާއްދާގެ ރޮނގުން ދަށްވެގެން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ ގަބޫލުކުރާ ފެންވަރުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން.  (ކެންޑިޑޭޓުން ހޮވުމުގައި ކިޔަވައިދިނުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށާއި، ވޭތުވެދިޔަ އަހަރު ތަކުގައި މި ސެންޓަރގައި ކިޔަވާދެއްވާފައިވާ ބޭފުޅުންނަށް އިސްކަންދެވޭނެއެވެ.)

މަޤާމުގެ މައްސޫލިއްޔަތުތަށް:

- ކޯޑިނޭޓަރގެ އިރުޝާދުގެ ދަށުން ކިޔަވައި ދިނުމާއި، ކިޔަވައި ދިނުމަށް ބޭނުންވާ  ޕްރެޒެންޓޭޝަން، ޓިއުޓޯރިއަލްސް، އެސެސްމަންޓްތަށް އަދި އިމްތިޙާން ކަރުދާސް ތައްޔާރުކުން

-އެސައިންމަންޓް އަދި އިމްތިޙާން ކަރުދާސް ކަނޑައެޅިފއިވާ މުއްދަތުގެ ތެރޭގައި މާކުރުމާއި އަދި ދަރިވަރުންގެ ފައިނަލް މާރކް ޝީޓް ހެދުމަށްފަހު ކޯޑިނޭޓަރާ ހަވާލުކުރުން

އެޕްލިކޭޝަން ތާރީޙް

23 ޖުލައި ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން، މި ސެންޓަރަށް ނުވަތަ މިސެންޓަރގެ އީމެއިލް ([email protected] ) އަށް އީމއިލް ކުރެއްވުންއެދެމެވެ.

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔެކިޔންތައް

  1. ޕާޓްޓައިމް ލެކްޗަރަރ ކަމަށް އެދޭ ފޯމް (އިއުލާނާ އެކު އެޓޭޖް ކުރެވިފައި)
  2. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ ( އެޓެސްޓް ތައްގނޑު ޖެހިފައިވާ)

  3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.

  4. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

 

އިތުރު މައުޝޫމާތު

- ސެންޓަރ ފޯރ ފައުންޑޭޝަން ސްޓަރޑީޒްގެ ޕާރޓްޓައިމް ލެކްޗަރަރިންގެ ޕޫލަށް ކުރިމަތި ލައްވާފައިވާ ބޭފުޅުން ފޯމް ހުށަހަޅުއްވަން ނުޖެހޭނެކަން އަންގަމެވެ.

- މައުޝޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3345143 ނަންބަރ ފޯނަށެވެ.

 

 

18 ޖުލައި 2019
ހޯދާ