ހުވަދުއަތޮޅު ދެކުނުބުރީ ނަޑެއްލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްޖިދުލްޙަޟާރާ އަދި މަސްޖިދުއްނޫރު މިސްކިތުގެ ބައެއް މަރާމާތުތައް އަމިއްލަ ތަކެތީގައާއި ކައުންސިލުން ދޭ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުން:

އިޢުލާން

މަސްޖިދުލްޙަޟާރާ އަދި މަސްޖިދުއްނޫރު މިސްކިތުގެ ބައެއް މަރާމާތުތައް އަމިއްލަ ތަކެތީގައާއި ކައުންސިލުން ދޭ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުން:

ނަޑެއްލާގައި މަސްޖިދުލްޙަޟާރާ މިސްކިތުގެ ބައެއް މަރާމާތުތަކާއި، މަސްޖިދުއްނޫރު މިސްކިތުގެ ބައެއް މަރާމާތުތައް އަމިއްލަ ތަކެތީގައާއި ކައުންސިލުން ޙަވާލުކުރާ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މި އިދާރާގެ ނަންބަރު: (IUL)418-AS/418/2019/36 ( 09 ޖުލައި 2019 ) އިޢުލާނާއި ގުޅިގެން މަދުވެގެން 3 ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައިނުވާތީ، މަތީގައި ބަޔާންކުރެވުނު ނަންބަރު އިޢުލާނާއި، އެ އިޢުލާނާއި ގުޅިގެން ބަލައިގަނެވުނު އަންދާސީ ހިސާބުތައް ބާޠިލުކޮށް މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރީމެވެ.      

ވީމާ، މި ކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މި އިދާރާއަށް ޙާޟިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

މަޢުލޫމާތު ދިނުމާއި އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ ތިރީގައި މިދަންނަވާ ގަޑިތަކުގައި މި އިދާރާގައެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީ ހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ ލިޔުމަކުން އެކަން މި އިދާރާއަށް އަންގަވަންވާނެއެވެ. އަންދާސީ ހިސާބު ހުށަހަޅާ ސިޓީއުރައިގެ ބޭރުގައި "މިސްކިތްތައް މަރާމާތު ކުރުމަށް އެދި" މިގޮތަށް ލިޔެފައި އޮންނަންވާނެއެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

  1. މަޢުލޫމާތު ސާފުކޮށްދިނުން:    23 ޖުލައި 2019 ވާ އަންގާރަ ދުވަހުގެ 13:00 ގައި.
  2. އަންދާސީ ހިސާބު ބަލައިގަތުން: 29 ޖުލައި 2019 ވާ ހޯމަ ދުވަހުގެ 13:00 ގައި.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

15 ޛުލްގަޢިދާ 1440      

18 ޖުލައި 2019  

18 ޖުލައި 2019
ހޯދާ