ދިވެހިރާއްޖެ
ނަންބަރު:IUL)GS56/2019/29)
އިޢުލާން
މި ސްކޫލްގެ ބައެއް ތަކެތި ނީލަން ކިޔުން
މިސްކޫލްގައި ބައުވެ ހަލާކުވެފައި ހުރި ބައެއް ތަކެތި ނީލަން ކިއުން (30 ޖުލައި 2019 ) ވާ އަންގާރަ ދުވަހުގެ 13:00 ގައި މި ސްކޫލްގައި އޮންނާނެއެވެ.
ނީލަން ކިޔާ ތަކެތީގެ ލިސްޓެއް ތިރީގައި އެވަނީއެވެ.
- ބައިންޑިންގް މެޝިން
- ޕުރިންޓަރ
- ސާވަރ
- ފެންމޯޓަރ
- ފަންކާ ސީލިންގު
- ރޭޑިއޯ
- ފޮޓޯކޮޕީ މެޝިން
- ގޮނޑި
- ސްކޭނަރ
- ފަތި ބެޓެރި
- މާކަރީ ލައިޓް ބޮޑު
ނީލަން ކިޔަން ފެށޭނެ އެންމެ ދަށް އަގަކީ 30 (ތިރިސް) ރުފިޔާއެވެ. މި ނީލަމަށް ފަހަރަކު އެންމެ މަދުވެގެން އިތުރު ކުރެވޭނީ 2 (ދެ) ރުފިޔާއެވެ. ނީލަން ކާމިޔާބު ކޮށްގެން ލިބޭ ތަކެތި ގެންދެވޭނީ ފައިސާ ދެއްކުމަށްފަހުއެވެ. ނީލަން ކާމިޔާބު ކުރާތާ ރަސްމީ ތިން ދުވަސްތޭރޭގައި ފައިސާ ދެއްކެވުމަށްފަހު 1 ދުވަސް ތެރޭގައި ތަން ހުސްކުރައްވަން ވާނެއެވެ. 3 ދުވަސް ތެރޭގައި ފައިސާ ނުދައްކަވައިފި ނަމަ އެތަކެތި އަނބުރާ ނީލަމަށް ލެވޭނެއެވެ. ވީމާ، މިވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ.
15 ދުލްޤަޢިދާ 1440