މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
ކަސްޓަމްސް ބްރޯކަރުން އައްޔަންކުރުމާބެހޭ

މި އޮފީހުގެ ނަންބަރު(IUL)14-VD/01/2014/3 (21 ޖަނަވަރީ 2014) އިޢުލާނަށް ހަވާލާދީ ދަންނަވަމެވެ.

1 ފެބުރުވަރީ 2014 ދުވަހުން ފެށިގެން މުދަލުގެ ވެރިފަރާތުގެ ބަދަލުގައި ކަސްޓަމްސް ބްރޯކަރުން ޝާމިލުވެގެން ގުޑްސް ޑިކްލަރޭޝަން ނިންމުމާއި މުދާ ބަލައި ފާސްކޮށް ދޫކުރެވޭނީ، އެ މުދަލުގެ ވެރިފަރާތުން، ކަސްޓަމްސް ބްރޯކަރެއް ޢައްޔަންކޮށް އެކަން ކަސްޓަމްސްއަށް ހުށަހެޅުމުންކަމަށް، ހަވާލާދެވިފައިވާ އިޢުލާނުންވާނީ ދެންނެވިފައެވެ. ނަމަވެސް މިޚިދުމަތް ހޯދާ ގިނަ ފަރާތްތަކަކުން މި މުއްދަތު އިތުރުކޮށްދިނުމަށާއި، މި އުސޫލުގައި ބަޔާންކޮށްފައިވާ ބައެއްކަންކަމަށް އިސްލާޙު ހުށަހަޅުއްވާފައިވާތީ، ޙަވާލާދީފައިވާ އިޢުލާނުން އާންމުކޮށްފައިވާ އުސޫލަށް ބައެއް އިޞްލާޙު ގެނެސްފައިވާނެއެވެ. މިގޮތުން އިސްލާޙުކޮށް އަލުން އެކުލަވައިލެވުނު "ކަސްޓަމްސް ބްރޯކަރުން އައްޔަންކުރުމާއި ވަކިކުރުމުގެ އުސޫލު"(ނަންބަރު: 2014/U-002(1)) ކަސްޓަމްސްގެ ވެބްސައިޓް www.customs.gov.mv ގައި ޝާއިޢު ކުރެވިފައިވާކަން ޢާންމުކޮށް އަންގައި އިޢުލާން ކުރަމެވެ.

ވީމާ، 25 ފެބުރުވަރީ 2014 ދުވަހުން ފެށިގެން މުދަލުގެ ވެރިފަރާތުގެ ބަދަލުގައި ކަސްޓަމްސް ބްރޯކަރުން ޝާމިލުވެގެން ގުޑްސް ޑިކްލަރޭޝަން ނިންމުމާއި މުދާ ބަލައި ފާސްކޮށް ދޫކުރެވޭނީ، އެ މުދަލުގެ ވެރިފަރާތުން، ކަސްޓަމްސްގެ ބްރޯކަރެއް ޢައްޔަންކޮށް އެކަން ކަސްޓަމްސްއަށް ހުށަހެޅުމުންނެވެ.

17 ރަބީޢުލްއާޚިރު 1435

17 ފެބުރުވަރީ 2014
ހޯދާ