މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ވޮޗަރ

މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު މެޖިސްޓްރޭޓް ކޯޓް

     ރ.މާކުރަތު، ދިވެހިރާއްޖެ            

އިޢުލާން

ވަޒީފާގެ ފުރުޞަތު

މަޤާމް:

ވޮޗަރ

ރޭންކް:    

އެސް.އެސް 1

ބޭނުންވާ ޢަދަދު:

1 (އެކެއް)

ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް 1

ވަޒީފާ އަދާކުރަންޖެހޭ ތަން:

މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު މެޖިސްޓްރޭޓް ކޯޓް

އަސާސީ މުސާރަ:

-/3,100ރުފިޔާ

އެލަވަންސް:

  • ޖުޑީޝަލް އެލަވަންސް: މުސާރައިގެ %20
  • ސަރވިސް އެލަވަންސް:  1,000/-ރުފިޔާ
  • ލިވިންގ އެލަވަންސް:  2,550/-ރުފިޔާ
  • ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

އަސާސީ ޝަރުޠު:

1- ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން އިންޓަރވިއުގައި  ސާބިތުކޮށްދިނުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  • ކޯޓުގެ ޢިމާރާތާއި ގޯތީގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުން.
  • ކޯޓު ގޯތިތެރޭ ވިނަގަނޑާއި، ބަގީޗާ ބެލެހެއްޓުން.
  • ކޯޓުން އަންގާ އެހެނިހެން މަސައްކަތްތައް.

ސުންގަޑި:

2019 އޮގަސްޓް 01 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން އެޕްލިކޭޝަން ފޯމު މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުއްވުން އެދެމެވެ.

ވަޒީފާއަށް އެދޭ ފޯމާއެކުހުށަހަޅަންޖެހޭ ތަކެތި:

  • ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދޭ ފޯމު (މިކޯޓުން ލިބެން ހުންނާނެ).
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ކޮޕީ.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.
  • ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ (މަޤާމުގެ ނަން، ހޭދަވި މުއްދަތު، ރޭންކް، އެޕްރައިޒަލަށް ލިބިފައިވާ މާކްސްތަކާއި، އަދާކުރާ މަސްއޫލިއްޔަތު އެނގޭނެ ފަދަ ލިޔުމެއް)

އިތުރު މަޢުލޫމާތު:

  • އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު، އެ ފަރާތްތަކަށް އެކަންޏެވެ.
  • އިތުރު މަޢުލުމާތު ސާފުކުރުމަށް ގުޅުއްވާނީ ނަންބަރު 6580450 ފޯނާއެވެ.

18 ޖުލައި 2019

18 ޖުލައި 2019
ހޯދާ