މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
އެމްޕީއެލް ސަރަޙައްދުން މުދާ ކްލިއަރކޮށްގެން އެއްގަމު އުޅަނދުތަކުގައި މަގުމައްޗަށް ނިކުންނަ ގަޑިތައް

  މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގެ ނަންބަރ: IUL) 202-L/1/2018/60) އ(16 ޖުލައި 2019) އިޢުލާން އާއި ގުޅިގެން ކުރިން އެ އޮތޯރިޓީއިން ކޮށްފައިވާ ހުރިހާ އިޢްލާން ތަކެއް ބާޠިލް ކުރެވި، މާލޭގެ މަގުތަކުގައި އެއްގަމު އުޅަނދުގައި މުދާ އުފުލާ ގަޑިތަކަށް 16 ޖުލައި 2019 ވަނަ ދުވަހުން ފެށިގެން ބަދަލު އައިސްފައިވާތީވެ، މިކުންފުނީގެ ސަރަޙައްދުން މުދާ ކްލިއަރ ކޮށްގެން އެއްގަމު އުޅަނދުފަހަރުތައް ބޭރަށް ނުކުންނަ ގަޑިތަކާއި ޑެލިވަރީ އޯޑަރ ނޯޓް ކުރާ ގަޑިތައް ތިރީގައި ދެންނެވިފައި އެވަނީއެވެ. އަދި މި އިޢުލާން އާއި ގުޅިގެން މިކުންފުނިން ޢަމަލު ކުރަންފައްޓާނީ 17 ޖުލައި 2019 ވަނަ ދުވަހުން ފެށިގެން ކަމުގައި ޙިދުމަތް ހޯއްދަވާ ކަސްޓަމަރުންގެ މަޢުލޫމާތައްޓަކައި ދަންނަވަމެވެ.

1. ކަނޑުމަގުން ކްލިއަރ ކުރެވޭ މުދާ (ހޮނިހިރު - ބުރާސްފަތި)

  • ޑެލިވެރީ އޯޑަރ ނޯޓުކުރެވޭނީ ހެނދުނު 08:00 އިން ފެށިގެން ރޭގަނޑު 22:30 އަށް.

2. އެއްގަމުމަގުން ކްލިއަރކުރެވޭ މުދާ (ހޮނިހިރު - ބުރާސްފަތި)

  • ކޮންޓައިނަރައިޒް އާއި ޖެނެރަލް ކާގޯ އަދި ޕެރިޝަބަލް ކާގޯގެ ޑެލިވަރީ އޯޑަރ ނޯޓުކުރެވޭނެ ގަނޑިތައް:

     ހެނދުނު  08:00 އިން ފެށިގެން ހެނދުނު 11:15 އަށް

     މެންދުރު ފަހު 13:00 އިން 14:00 އަށް

     ހަވީރު 16:00 ން 19:00 އަށް

     ރޭގަނޑު 20:00 ން 22:00 އަށް އަދި 23:30 ން 00:00 އަށް

  • ކޮންޓެއިނަރައިޒް މުދާ ބަރުކުރުމަށް ލޮރީ، ޕިކަޕް (ވެހިކަލް) ސަރަހައްދަށް ވައްދަން ފައްޓާ ގަޑިއަކީ ހެނދުނު 08:15 އިން 10:00 އަށެވެ. އަދި މެންދުރު ފަހު 13:15 އިން ފެށިގެން މަސައްކަތް ނިމެންދެން އަނެއް ދުވަހުގެ ފަތިހު 03:30 އާއި ހަމަޔަށެވެ.
  • ކޮންޓެއިނަރައިޒް އާއި ޖެނެރަލް ކާގޯ އަދި ޕެރިޝަބަލް ކާގޯ، ކްލިއަރކޮށް ބަރުކުރެވޭ ލޮރީ ފަހަރުތައް މަގުމައްޗަށް ނުކުމެވޭނީ ހެނދުނު 09:00 އިން ފެށިގެން މެންދުރު ފަހު 11:30 އަށެވެ. އަދި މެންދުރު ފަހު 13:30 އިން ފެށިގެން އަނެއް ދުވަހުގެ ފަތިހު 05:00 އާއި ހަމަޔަށެވެ.
  1. ހުކުރު ދުވަހު ކްލިއަރ ކުރާ މުދާ
  • ކަނޑުމަގުން ކްލިއަރ ކުރެވޭ މުދަލުގެ ޑެލިވެރީ އޯޑަރ ނޯޓުކުރެވޭނީ ހަވީރު 15:45 އިން ފެށިގެން ރޭގަނޑު 22:00 އަށް.
  • ކޮންޓެއިނަރައިޒް އާއި ޖެނެރަލްކާގޯގެ މުދަލުގެ ޑެލިވެރީ އޯޑަރ ނޯޓުކުރެވޭނީ ހަވީރު 15:45 އިން ފެށިގެން ރޭގަނޑު 22:00 އަށް.
  • ދޯނިފަހަރަށް ބަރުކުރާ މުދާ ބަރުކުރުމުގެ މަސައްކަތް ކުރިޔަށް ދާނީހަވީރު 15:45 އިން ފެށިގެން އަނެއް ދުވަހުގެ ހެނދުނު 07:00 އަށެވެ.
  • ލޮރީ، ޕިކަޕް (ވެހިކަލް) ސަރަހައްދަށް ވައްދަން ފައްޓާ ގަޑިއަކީ ހަވީރު 15:45 އެވެ.
  • ކޮންޓެއިނަރައިޒް އާއި ޖެނެރަލް ކާގޯ އަދި ޕެރިޝަބަލް ކާގޯ، ކްލިއަރކޮށް ބަރުކުރެވޭ ލޮރީ ފަހަރުތައް މަގުމައްޗަށް ނުކުމެވޭނީ ހަވީރު 15:45 އިން ފެށިގެން ފަތިހު 03:30 އަށް

             ވީމާ، ދެންނެވިފައިވާ ގަޑިތަކުގައި ޑެލިވެރީ އޯޑަރ ނޯޓުކުރުމަށް ސަމާލުކަން ދެއްވުމަށް ދަންނަވަމެވެ.

13 ޒުލްޤައިދާ 1440ހ.

17 ޖުލައި 2019
ހޯދާ