ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށްއެދި ފުރުޞަތު ހުޅުވާލުން

1440 ވަނަ އަހަރުގެ ފަޤީރުންގެ ދަފުތަރު ހިމެނިފައިނުވާ ފަރާތްތަކުން މިނިސްޓްރީ އޮފް  އިސްލާމިކް އެފެއާޒަށް ޝަކުވާހުށަހަޅަމުންގެންދާތީ، ފަޤީރުންގެ ދަފްތަރުގައި ހިމެނިފައިނުވާ ފަރާތްތަކަށް ދަފްތަރުގައި ރަޖިސްޓްރީވުމަށާއި، މިއަހަރު އަލަށް އެކުލަވާލެވުނު ފަޤީރުންގެ ދަފްތަރުގައި ހިމެނިފައި ނުވާ ފަރާތްތަކަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ވުމާއެކު 02 އެޕްރީލް 2019 އިން 28 އެޕްރީލް 2019 އަށް ހުޅުވާލެވުނު ފުރުޞަތުގައި ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީ ނުވާ ފަރާތްތަކަށް އެކަމަށްއެދި ފޯމް ހުށަހެޅުމުގެ ފުރުޞަތު 2019 އޮގަސްޓް 01 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 01:00 ގެ ނިޔަލަށް ހުޅުވާލަމެވެ. އަދި އަލަށް އެކުލަވާލެވުނު ފަޤީރުންގެ ދަފްތަރުގައި ހިމެނިފައިވާ ނުވާ ފަރާތްތަކަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު 2019 ޖުލައި 17ވަނަ ދުވަހުގެ މެންދުރުފަހު 02:00ގެ ނިޔަލަށް ހުޅުވާލަމެވެ.

ފޯމް ދޫކުރުމާއި ބަލައިގަތުން 2019 ޖުލައި 16ވަނަ ދުވަހުގެ 09:00 ން ފެށިގެން ރަސްމީ ކޮންމެ ދުވަހެއްގެ 13:30 އަށް މިއިދާރާގައި އޮންނާނެއެވެ. އެކަމަށް އެދޭ ފޯމް މިއިދާރާގެ އާއްމު ޚިދުމަތާބެހޭ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިއިދާރާގެ ވެބްސައިޓް: www.fncl.gov.mv  ޑައުންލޯޑު ކުރެވޭނެއެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.  

13 ޛުލްޤާޢިދާ 1440

16  ޖުލައި  2019

16 ޖުލައި 2019
ހޯދާ