ދިވެހިރާއްޖެ
ށ.މިލަންދޫ ޞިއްޙީމަރުކަޒުގެ ހުރިހާ އެސީތަކެއް މަރާމާތުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާއިބެހޭ
ށ.މިލަންދޫ ޞިއްޙީމަރުކަޒުގައި ހުރި ހުރިހާ އޭސީ އެއް އެސްޓިމޭޓް އުޞޫލުން، މަރާމާތުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ، ކުންފުނިތަކާއި އިންވެސްޓްމަންޓް ތަކުން، ތިރީގައި މިދަންނަވާ ދުވަސްތަކުގައި، މިލަންދޫ ޞިއްޙީމަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުންވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ކަނޑައެޅިފައިވާ ގަޑިއަށް ޙާޟިރުނުވާ ފަރާތްތަކުގެ އަންދާސީ ޙިސާބުތައް ބަލައި ނުގަނެވޭނެ ވާހަކަވެސް ދެންނެވީމެއެވެ. އަދި ބަދަލުގައި މީހަކު ފޮނުއްވާނަމަ ފޮނުއްވަންވާނީ ސިޓީއަކާއި އެކުގައެވެ.
|
ތާރީޚް |
ދުވަސް |
ވަގުތު |
މަޢުލޫމާތު ސާފުކުރުން |
22 ޖުލައި 2019 |
ހޯމަ |
11:00 ހެނދުނު |
އަންދާސީ ހިސާބު ހުށަހެޅުން |
25 ޖުލައި 2019 |
ބުރާސްފަތި |
11:00 ހެނދުނު |
އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް ގުޅުއްވާނީ 6540519 ، 7734558