ދިވެހިރާއްޖެ
146-A1/2019/126:ނަންބަރު
އިޢުލާން
މަޤާމު: |
އެސިސްޓެންޓް ޑިރެކްޓަރ |
ބޭނުންވާ ޢަދަދު : |
01 (އެކެއް) |
މަޤާމުގެ ކްލެސިފިކޭޝަން: |
އެސިސްޓެންޓް ޑިރެކްޓަރ |
މަޤާމުގެ ރޭންކް: |
އެމް.އެސް 03 |
މަސައްކަތްކުރަންޖެހޭ ތަން: |
ފެމިލީކޯޓު / ބަޖެޓް އެންޑް ފައިނޭންސް |
އަސާސީ މުސާރަ: |
7035.00 ރުފިޔާ |
އެލަވަންސްތަކާއި ޢިނާޔަތްތައް: |
- ސަރވިސް އެލަވަންސް: މަހަކު -/2000 ރުފިޔާ. - ލިވިންގ އެލަވަންސް: މަހަކު -/2700 ރުފިޔާ. - ޖުޑީޝަލް އެލަވަންސް: ޖުޑީޝަލް އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ %40 (މަހަކު). - އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެ. |
މަޤާމުގެ އަސާސީ ޝަރުތު: |
- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން އިންޓަރވިއުގައި ސާބިތުކޮށް ދިނުމާއިއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ޑިގްރީ ހާސިލްކޮށްފައިވުން، ނުވަތަ - މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ހައްގުވާ މާކްހެއް ލިބެމުންދިޔުމާއިއެކު، އެމް.އެސް 2 ރޭންކުގައި މަދުވެގެން 3 އަހަރުދުވަހުގެ މަސައްކަތު ތަޖްރިބާ ލިބިފައިވުން. |
މަޤާމުގެ މަސްއޫލިއްޔަތު:
|
- ބަޖެޓް އައިޓަމްތަކުން ކުރާ ޚަރަދު ދުވަހުން ދުވަހަށް ބާކީކޮށް މާލިއްޔަތު ގަވާއިދާ އެއްގޮތަށް ބެލެހެއްޓުމާއި މަހަކު އެއްފަހަރު ހަދަންޖެހޭ ރިޕޯޓް ހަދައި ކަމާބެހޭ އިދާރާތަކަށް ފޮނުވުމުގެ އިންތިޒާމް ހަމަޖެއްސުން. - ކޯޓުން ކުރަންޖެހޭ ޚަރަދުތައް މާލިއްޔަތު ގަވާއިދާ އެއްގޮތަށް ބެލެހެއްޓުމާއި އެކަމާބެހޭ ލިޔުންތައް ގަވާއިދުން ފައިލްކުރުވުން. - ކޮންމެ މީލާދީ އަހަރަކަށް ތައްޔާރުކުރަންޖެހޭ ލަފާކުރާ ބަޖެޓް ސެކްޝަންތަކުގެ މަޝްވަރާއާއެކު ތައްޔާރުކޮށް ހަމަޖެހިފައިވާ މުއްދަތުގައި ކަމާބެހޭ ފަރާތަށް ފޮނުވުން. - ކޯޓުގެ ފައިނޭންޝަލް ސްޓޭޓްމަންޓް ކަޑައެޅިފައިވާ މުއްދަތަށް ތައްޔާރުކޮށް ކަމާބެހޭ ފަރާތައް ފޮނުވުން. - ކޯޓުގެ ބަޖެޓް އެކައުންޓާއި، ޚަރަދު އެކައުންޓް އަދި އާމްދަނީ އެކައުންޓް ހިންގާ ބެލެހެއްޓުން. - ކޯޓުގެ ޕޭމަންޓް ވައުޗަރ ޗެކުކޮށް ބެލެހެއްޓުން. - ކޯޓުން ކުރާ ޖޫރިމަނާގެ ރެކޯޑް ބެލެހެއްޓުމާއި ޖޫރިމަނާ ފައިސާ ހޯދުމުގެ މަސައްކަތްކުރުވުން. - ބަޖެޓާއި ގުޅުންހުރި ސިޓީތަކަށް ޖަވާބުދިނުން. - ކޯޓަށް ބޭނުންވާ ހަރުމުދާ ހޯދުމުގައި ފަންނީގޮތުން އެހީތެރިވެދިނުން. - ކޯޓުގެ ޕޭޓީ ކޭޝް ހިސާބުތަކުގެ ރެކޯޑް ބެލެހެއްޓުން. - މާލިއްޔަތާއި ގުޅުންހުރި ކަންކަމުގައި ކޯޓަށް ބޭނުންވާނެ މައުލޫމާތު އެއްކޮށް ބެލެހެއްޓުމާއި މިކަމާގުޅޭ މައުލޫމާތު ދިނުން. - މީގެ އިތުރުން ކޯޓުގެ މަސްއޫލިއްޔަތުތައް ތަންފީޒުކުރުމަށްޓަކައި ކޯޓުން ޙަވާލުކުރެވޭ އިތުރު މަސައްކަތްތައް. |
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނޭ ކަންތައްތައް: |
- ދައުލަތުގެ މުދަލާއި ފައިސާގެ ކަންތައްތައް ބެލެހެއްޓުމުގެ ތަޖްރިބާ ލިބިފައިވާ މިންވަރު. - ދައުލަތުގެ މާލިއްޔަތު ގަވާއިދަށް އަހުލުވެރިވެފައިވާ މިންވަރު. - އެސް.އޭ.ޕީ ބޭނުންކުރަން އެނގޭ މިންވަރު. |
ހުށަހަޅަންޖެހޭ ތަކެތި: |
- ވަޒީފާއަށް އެދޭ ފޯމް (މިކޯޓުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި މިކޯޓުގެ ވެބްސައިޓްwww.familycourt.gov.mv (http://www.familycourt.gov.mv) އިން މި ފޯމް ޑައުންލޯޑްވެސް ކުރެވޭނެއެވެ.) - ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. - ކުރިމަތިލާ ފަރާތުގެ ވަނަވަރު. - މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، ޓްރާސްކްރިޕްޓްގެ ކޮޕީ. - އަދާކޮށްފައިވާ ވަޒީފާތަކާއި، އަދާކުރަމުންދާ ވަޒީފާތަކާއި، އެ މަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކާއި، މަޤާމުގައި ވީ މުއްދަތާއި، މަސްޢޫލިއްޔަތު އެނގޭނެ ލިޔުންތަކުގެ ކޮޕީ. - ފާއިތުވީ ދެއަހަރު ދުވަހުގެ މަސައްކަތު ފެންވަރު ބަލާފައިވާ ފޯމްގެ ކޮޕީ (މިފޯމު ހުށަހަޅަންޖެހޭނީ ހަމައެކަނި ދެވަނަ ޝަރުޠައް ބަލައި ޝަރުޠުހަމަވާ ފަރާތްތަކުން) - ފޯމާއެކު ހުށަހަޅަން ޖެހޭނެކަމަށް އިޢުލާންގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔެކިޔުންތައް ހުށަހަޅާފައިނުވާނަމަ، އެފޯމެއް ބާޠިލް ކުރެވޭނެއެވެ. - ނޯޓް: ވަޒީފާއަށްއެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް އެދި ހުށަހަޅާ ފޯމުގައި ބަޔާންކޮށްފައިވާ ލިޔުންތައް އޭގެ އަސްލާ އެއްގޮތްކަން ކަށަވަރުކުރާނީ، އިންޓަރވިއުއަށް ހޮވޭ ފަރާތްތަކުގެ އެކަންޏެވެ. މިގޮތުން އިންޓަރވިއުއަށް ހޮވޭ ފަރާތްތައް އިންޓަރވިއުއަށް ޙާޟިރުވާއިރު، ހުށަހަޅާފައިވާ ލިޔުންތަކުގެ އަސްލު ލިޔުން ގެންނަންވާނެއެވެ. - އެޓެސްޓް ކޮށްފައިނުވާ ލިޔެކިޔުންތައް ވެސް އެޕްލިކޭޝަން އާއެކު ބަލައިގަންނާނެއެވެ. އެޓެސްޓް ކޮށްފައިވާ ލިޔުމެއްގެ ކޮޕީ ހުށަހަޅާނަމަ ހުށަހަޅަންވާނީ ރަނގަޅަށް އެޓެސްޓް ކޮށްފައިވާ ލިޔުމެއްގެ ކޮޕީއެވެ. |
ސުންގަޑި: |
25 ޖުލައި 2019 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން. |
އިތުރު މަޢުލޫމާތު: |
- ވަޒީފާއަށް އެދޭ ފޯމް ހުށަހަޅުއްވާނީ ފެމިލީ ކޯޓުގެ ޖަސްޓިސް ބިލްޑިންގގެ ފުރަތަމަ ފަންގިފިލާ އަށެވެ. - މި މަޤާމަށް ޝަރުޠުހަމަވާ ފަރާތްތަކުގެ ތެރެއިން، މަޤާމަށް އެންމެ އެކަށީގެންވާ ފަރާތެއް ހޮވާނީ މަޤާމުގެ ވާޖިބުތައް އަދާކުރެވޭނެކަމަށް އިންޓަރވިއުގައި ސާބިތުކޮށްދޭ ފަރާތްތަކުގެ ތެރެއިންނެވެ. - މި މަޤާމަށްއެދި ހުށަހަޅާ ފޯމްތަކުގެ ތެރެއިން އިޢުލާނާއި އެއްގޮތަށް ޝަރުތު ފުރިހަމަ ނުވާކަމަށް މި ކޯޓުގެ އެޗް.އާރު ކޮމިޓީއަށް ފެންނަ ފޯމްތައް ކެންސަލް ކުރެވޭނެއެވެ. - ނޯޓް: މި ވަޒީފާ އަށް އެދިފައިވާ ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 20 އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަޖުރިބާއަށް ބަލައި،އެޗް.އާރު ކޮމިޓީއިން ކަނޑައަޅާ އަދަދަކަށް އިންޓަރވިއުކުރާނެ ފަރާތްތައް ޝޯޓް ލިސްޓް ކުރެވޭނެއެވެ. |