ދިވެހިރާއްޖެ
އިޢުލާން
1440 ވަނަ އަހަރު އެކުލަވާލި ފަޤީރުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމާއި، ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީ ވާން އެދޭ ފަރާތްތަކަށް ދެވަނަފަހަރަށް ފުރުޞަތު ހުޅުވާލުމާއި ބެހޭ.
1440 ވަނަ އަހަރުގެ ފަޤީރުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީވާން ބޭނުންވާ ފަރާތްތަކަށް 15 ޖުލައި 2019 އިން ފެށިގެން 01 އޯގަސްޓް 2019 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް އެފުރުސަތު ހުޅުވާލަމެވެ.
1440 ވަނަ އަހަރު އެކުލަވާލި ފަޤީރުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން.
މިއަހަރުގެ ފަޤީރުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު 15 ޖުލައި 2019 އިން 17 ޖުލައި 2019 އަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ 09:00 އިން، 13:00 އަށެވެ.
ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީންވާން ބޭނުންވާ ފަރާތްތަކަށް ފޯމު ދޫކުރުމާއި ބަލައިގަތުން:
ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވާން އެދޭފަރާތްތަކަށް ފޯމުދޫކުރުމާއި ބައިގަތުން ހަމަޖެހިފައިވަނީ: 15 ޖުލައި 2019 އިން ފެށިގެން 01 އޮގަސްޓް 2019 އަށް ރަސްމީބަންދުނޫން ކޮންމެ ދުވަހެއްގެ 09:00 އިން 13:00އަށެވެ. ވީމާ، ފަޤީރުންނާއި މިސްކީނުންގެ ގޮތުގައި ރަޖިސްޓްރީވާން އެދޭފަރާތްތަކުން "ފަޤީރުންނާއި މިސްކީނުންގެ ގޮތުގައި ރަޖިސްޓްރީވާން އެދޭ ފޯމް" ފުރުއްވުމަށްފަހު 01 އޮގަސްޓް 2019 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން މިއިދާރާއަށް ފޯމު ހުށަހެޅުމަށް ދަންނަވަމެވެ. އަދި މިފޯމު މިއިދާރާގެ ކައުންޓަރުން ލިބެންހުންނާނެ ވާހަކަ ދަންނަވަމެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.