ދިވެހިރާއްޖެ
ނަންބަރ: |
371-B2/2019/60 |
އިޢުލާން
މިރަށު ރަށްވެހިގޭ ގޯތީ އިންފާރު ރޭނުމުގެ މަސައްކަތް ކުރުމަށް މިއިދާރާއިން ކޮށްފައިވާ ނަންބަރު: 371-B2/2019/52 ( 30 ޖޫން 2019 ) ގެ އިޢުލާން ބާޠިލް ވުމާއިގުޅިގެން އަލުން މިމަސައްކަތް ކޮށްދޭނެފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ.
ވީމާ، މި އިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް މި މަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ މީރާގައި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކުން 2019 ޖުލައި 23 ވާ އަންގާރަ ދުވަހުގެ މެންދުރު 11.00 ށް މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު 2019 ޖުލައި 25 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 11.00 ށް މި އިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވެވޭނީ 200/- ރުފިޔާގެ ފީއެއް ދެއްކުމުންނެވެ.
އަންދާސީ ހިސާބު ހުށަހަޅަންވާނީ ސިޓީ އުރައެއްގައި ބަންދުކޮށް ސިޓީއުރައިގެ ބޭރުގައި " ފ. ބިލެތްދޫ ރަށްވެހިގޭ ގޯތީ ވަށާއިންފާރު ރޭނުމުގެ މަސައްކަތު އަންދާސީ ހިސާބު" މިހެން ލިޔުމަށްފަހުގައެވެ. އަދި ބަދަލުގައި މީހަކު ހާޟިރުވާނަމަ ހުށަހަޅާފަރާތުގެ ސިޓީއަކާއި އައިޑީކާޑުގެ ފޮޓޯކޮޕީއަކާއި ، ވިޔަފާރި ރަޖިސްޓްރޭޝަންގެ ކޮޕީއެއް ހުށަހަޅަން ވާނެއެވެ.
ތިރީގައިމިވާ ހާލަތްތަކުގައި އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަން:
- މަޢުލޫމާތު ސާފްކުރުމަށް ހާޟިރުނުވާ ބޭފުޅުންގެ އަންދާސީ ހިސާބުތައް
- ފެކްސް މެދުވެރިކޮށް ހުށަހަޅާ އަންދާސީ ހިސާބުތައް
- ގަޑިޖެހުމަށްފަހު ގެންނަ އަންދާސީ ހިސާބުތައް
- މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް
- މަޢުލޫމާތު ފުރިހަމަކޮށް ސޮއިކޮށްފައިނުވާ އަންދާސީ ހިސާބުތައް
- މިއިދާރާއިން އަންދާސީ ހިސާބު ހުށަހެޅުމަށް ދޫކުރާ ފޯމުގައި ނޫންގޮތަކަށް ހުށަހަޅާ އަންދާސީ ހިސާބު
15 ޖުލައި 2019
އިޙުސާން |
ކައުންސިލްގެ ރައީސް |