ދިވެހިރާއްޖެ
`
Nilandhoo School ނިލަންދޫ ސްކޫލް
North Huvadhu Atoll, Nilandhoo ހުވަދުއަތޮޅު އުތުރުބުރީ ނިލަންދޫ
Republic of Maldives ދިވެހިރާއްޖެ
ނަންބަރ: 18-IUL/2019/GS-195
އިޢުލާން
ގއ ނިލަންދޫ ސުކޫލް އަށް ތްރީ ފޭސް ކަރަންޓް ލުމަށް ބޭނުންވެއްޖެ
ގއ ނިލަންދޫ ސުކޫލް އަށް ތްރީ ފޭސް ކަރަންޓް ލުމަށް ބޭނުންވެއްޖެއެވެ. އަމިއްލަ ތަކެތީގައި މިމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފު ކުރުމާއި، އަންދާސީހިސާބު ހުށައެޅުން ތިރީގައިވާ ތާވަލާއި އެއްގޮތަށް އޮންނާނެއެވެ. މަޢުލޫމާތު ސާފުކުރާ ފަރާތުގެ ބަދަލުގައި އަންދާސީހިސާބު ހުށައަޅުއްވަން ވަޑައިގަންނަވާ ފަރާތްތަކުން އެކަން އެނގޭނެފަދަ ސިޓީއެއް ހިއްޕަވައިގެން ވަޑައިގެންނެވުން އެދެމެވެ. މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި މައުލޫމާތު ސާފުކުރެއްވުމަށް ނުވަތަ ބިޑް ހުށަހެޅުމަށް ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ އެސްޓިމޭޓުގެ ވެރިފަރާތުގެ ސިޓީއަކާއެކު އައިޑީކާޑުގެ ކޮޕީއެއް ފޮނުއްވަންވާނެއެވެ.
މަޢުލޫމާތު ސާފުކުރުން |
އަންދާސީހިސާބު ހުށައެޅުން |
24 ޖުލައި 2019 (ބުދަ) ދުވަހު 11:00 ގައި |
04 އޮގަސްޓް 2019 (އާދިއްތަ) 11:00 ގެ ކުރިން |
ގއ. ނިލަންދޫ ސްކޫލް އޮފީހުގައި |
ގއ. ނިލަންދޫ ސްކޫލް އޮފީހުގައި |
12 ޒުލްޤައިދާ 1440
15 ޖުލައި 2019
ޚަދީޖާ އިބްރާހިމް
(ޕްރިންސިޕަލް)