މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގުބައްތި މަރާމާތު ކުރުން

  • އަންދާސީ ހިސާބު ބޭނުންވެއްޖެ:

މިރަށު ސޫރަޖް ގޭ މަގުބައްތިފޮށިން ގުޅިފައިވާ 08 މަގުބައްތި މަރާމާތުކުރަން ބޭނުންވެގެން ކުރި މިއިދާރާގެ ނަންބަރ IUL)322-EP/322/2019/55 ) (16 މޭ 2019) އިޢުލާނާ ގުޅިގެން އެކަށީގެންވާ ޢަދަދަކަށް މީހުން އައިސްފައިނުވާތީ އަލުން އެފުރުޞަތު ހުޅުވާލަމެވެ.

ވީމާ މިކަމަށް އެދިލައްވާ ފަރާތްތަކުން 22 ޖުލައި 2019 ވާ ހޯމަ ދުވަހުގެ ހެދުނު 09:30 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ހޯއްދެވުމަށްފަހު 25 ޖުލައި 2019 ވާ ބުރާސްފަތި ދުވަހުގެ ހެދުނު 09:30 އަށް އަންދާސީ ހިސާބު ހުށަހަޅާ ފޯމް ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ބޭފުޅުންނަށް އަންދާސީ ހިސާބު ހުށަހަޅާ ފޯމް ހުށަނޭޅޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.  އަދި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނުގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ތިރީގައި ބަޔާން ކުރެވިފައިވާ ފަރާތްތަކަށެވެ.

  1. ދިވެހިރާއްޖޭގެ ކުންފުންޏާއި ބެހޭ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފާއިވާ ކުންފުނިތައް.
  2. ޕާޓްނަރޝިޕް ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ޕާޓްނަރޝިޕްތައް.
  3. ކޯޕްރޭޓިވް ސޮސައިޓީގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ  ކޯޕްރޭޓިވް ސޮސައިޓީތައް.
  4. އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރިތައް.

 

12 ޒުލްޤައިދާ 1440

15 ޖުލައި 2019

15 ޖުލައި 2019
ހޯދާ