ދިވެހިރާއްޖެ
`
ހައްދުންމަތީ މާބައިދޫ ކައުންސިލްގެ އިދާރާ
މާބައިދޫ، ދިވެހިރާއްޖެ
ނަންބަރ:(IUL)397-AS/397/2019/48
އިޢުލާން
* ހިނަވާގެއެއް އަޅާދޭނެ ފަރާތެއް ހޯދުން
މި ކައުންސިލުން ދައްކާ ނަމޫނާއަކާއި އެއްގޮތަށް އަމިއްލަ ތަކެތީގައި ހިނަވާގެއެއް އަޅާދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 25 ޖުލައި 2019 ބުރާސްފަތި ދުވަހުގެ 13:30 އަށް އަންދާސީ ހިސާބުތައް ހިއްޕަވައިގެން ކައުންސިލްގެ އިދާރާއަށް ވަޑައިގެން ދެއްވުން އެދެމެވެ. މިމަސައްކަތާއިބެހޭގޮތުން މަޢުލޫމާތު ބޭނުންފުޅުވެލައްވާ ފަރާތްތަކަށް މަޢުލޫމާތުދިނުމަށް ބާއްވާ ޕްރީބިޑް މީޓިންގް އެއް 23 ޖުލައި 2019 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00ގައި މިއިދާރާގެ މީޓިންގް ރޫމުގައި އޮންނާނެއެވެ. މި އިއުލާނަކީ ކުރިން ކޮށްފައިވާ އިއުލާނަށް އިތުރު މުއްދަތު ދިނުމުގެ ގޮތުން ކުރެވިފައިވާ އިޢުލާނެއްކަމުގައިވެސް ހަނދުމަފުޅުކޮށް އަރުވަމެވެ.
އަދި ދަންނަވަމެވެ. ހުށަހަޅަން ބަޔާންކޮށްފައިވާ ޑޮކިއުމެންޓްތަކާއި ފުރިހަމަ ކުރަން ބަޔާންކޮށްފައިވާ މަޢުލޫމާތު ފުރިހަމަނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. މިއިޢުލާނާއި ގުޅިގެން މިއިދާރާގެ ނަންބަރ: (IUL)397-AS/397/2019/41 (01 ޖުލައި 2019) އަށް އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށައަޅުއްވާފައިނުވާތީ އެއިޢުލާނު ބާތިލު ކުރެވިފައިވާ ދެންނެވީމެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށް އިޢުލާން ކުރީމެވެ.
12 ޛުލްޤައިދާ 1440
15 ޖުލައި 2019