ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓްއިން ސ.ހިތަދޫގައި އިމާރާތްކޮށް ނިމިފައިވާ 264 ހައުސިންގ ޔުނިޓު ސަރަހައްދުގެ ލޭންޑްސްކޭޕް މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)138-AS6/1/2019/34 (25 ޖޫން 2019) އިޢުލާނުގެ ބިޑް ހުށަހެޅުއްވުމަށް ހަމަޖެހިފައިވާ ތާރީޙް 2019 ޖުލައި 17 ވާ ބުދަ ދުވަހުގެ 11:00 އަށް އިތުރުކުރެވިފައިވާކަން މަޢުލޫމާތަށަޓަކައި ދެންނެވީމެވެ.
މި އިޢުލާނާއި ގުޅިގެން އިޞްލާޙުކުރެވިފައިވާ މަޢުލޫމާތު ކަރުދާސް 2019 ޖުލައި 15 ވާ ހޯމަ ދުވަހުގެ 09:00 އިން ފެށިގެން 2019 ޖުލައި 16 ވާ އަންގާރަ ދުވަހުގެ 14:00 ގެ ނިޔަލަށް މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.
މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 2019 ޖުލައި 16 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ.