ދިވެހިރާއްޖެ
މިރަށުން މަސްވެރިކަމުގެ މަސައްކަތްތަކަށް ކުއްޔައް ދޫކޮށްފައިވާ ބިންތަކުގެ ތެރެއިން 2 ނަންބަރު މަސްގޮޅި ކުއްޔަށްދިނުމަށް މި ކައުންސިލުން ބޭނުންވެއެވެ.
ވީމާ، މި މަސްބިން ކުއްޔަށް ނެގުމަށް ޝައުޤުވެރިވެލައްވާ އެންމެހާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ދުވަސްތަކާއި، ގަޑިތަކުގައި މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
ތަފްޞީލް |
ތަން |
ތާރީޚް |
ދުވަސް |
ގަޑި |
މަޢުލޫމާތު ދިނުމުގެ ބައްދަލުވުން |
ޖަލްސާކުރާ މާލަމް |
22 ޖުލައި 2019 |
ހޯމަ |
11:00 |
އަންދާސީ ހިސާބު ހުށަހެޅުން |
ޖަލްސާކުރާ މާލަމް |
25 ޖުލައި 2019 |
ބުރާސްފަތި |
11:00 |
މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޟިރުވެ ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމާއި ފޯމު ހުށަހެޅުއްވުމަށް ވަޑައިގެންނެވެންނެތް ފަރާތްތަކުން ބަދަލުގައި އެހެން ފަރާތެއް ފޮނުއްވާނަމަ، އެކަން އަންގައިދޭ ލިޔުމެއް ބަދަލުގައި އަންނަފަރާތުން ގެންނަވަންވާނެއެވެ.