ދިވެހިރާއްޖެ
ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 35 ވަނަ މާއްދާ އާއި 57 ވަނަ މާއްދާގެ ދަށުން، މި ކައުންސިލްގެ ބެލުމުގެ ދަށުގައި އޮންނަ، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ކޮމިޓީއަށް ކުރިމަތިލާފައި ވަނީ 5 ފަރާތުންނެވެ. މިހެންކަމުން 18 ޖުލައި 2019 ވަނަ ދުވަހު އަންހެނުންގެ ކޮމިޓީ އިންތިޚާބު ކުރުމަށް ބޭއްވުމަށް ހަމަޖެހިފައި ވޯޓްލުން ނޯންނާނެ ވާހަކަ ދަންނަވަމެވެ. އަދި ތިރީގައި އެވަނީ އަންހެނުންގެ ކޮމިޓީއަށް ކުރިމަތިލުމަށް 23 ޖޫން 2019 ވީ އާދީއްތަ ދުވަހުގެ ހެނދުނު 9:00 އިން ފެށިގެން 04 ޖުލައި 2019 ވީ ބުރާސްފަތި ދުވަހުގެ 1:30 އާއި ހަމަޔަށް ސުންގަޑި ހަމަވިއިރު ކޮމިޓީގެ މެންބަރުކަމަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ މަޢުލޫމާތެވެ.
1 – އިލްހާމާ ޢަބުދުﷲ ގއ.ދާންދޫ، އަރޫރާގެ
2 – ޒުލައިޚާ މުޙައްމަދު ގއ.ދާންދޫ، މިސްކިތްމަގުގެ
3 – ފަޒުނާ އާދަމް ގއ.ދާންދޫ، އާމުލީގެ
4 – އައިޝަތު ޔަމްނާ މުޙައްމަދު ނަސީމް ގއ.ދާންދޫ، ބުލޫސައިޑް
5 – މުޒައިނާ މުޚުތާރު ގއ.ދާންދޫ، ފުނޯސް
ވީމާ، މި ކައުންސިލްގެ ބެލުމުގެ ދަށުގައި އޮންނަ، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ ގެ ޤާނޫނީ އަދަދަކީ 5 މެންބަރުން ކަމަށް ވާތީ،އިންތިޚާބު ކޮމިޓީން ނިންމާފައި ވަނީ އިންތިޚާބަކާއި ނުލައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއަށް ކުރިމަތިލާފައިވާ 5 ފަރާތް ކޮމިޓީގެ މެންބަރުކަމަށް ހޮވިފައި ވާކަމަށެވެ. މިހެންވެ މިކަން އާންމުކޮށް އަންގައި އިޢުލާން ކުރިވާހަކަ ދަންނަވަމެވެ.
11 ޝައްވާލް 1440