އަރިއަތޮޅު އުތުރުބުރީ ފެރިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޯލްޑަން ފުޓްސަލް ޗެލެންޖް 2019 އާއި ގުޅޭ..

ނަންބަރު: A/IUL/344/2019/26

 

 

 

އިޢުލާން

 

                       ގޯލްޑަން އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ނަމުގައި މުޅިރާއްޖެއަށް ހުޅުވާލައިގެން ކުރިޔަށްގެންދާ ފުޓްސަލް މުބާރާތެއް 15 ސެޕްޓެމްބަރ 2019 ގައި ފެށުމަށްވަނީ ހަމަޖެހިފައެވެ.

                       މި މުބާރާތް ކުރިޔަށްދާނީ މާލޭގައެވެ.

                       ވީމާ، މިމުބާރާތުގައި އއ.ފެރިދޫ ފުޓްސަލް ޓީމް ތަމްސީލްކުރަން ބޭނުންވާ ކުޅުންތެރިން މިކައުންސިލް އިދާރާގެ ނަމްބަރު 6660545 ނުވަތަ 7793999،7600014 އަށް ގުޅުއްވަވާ ނަންނޯޓް ކުރުމާއި އިތުރު މައުލޫމާތު ސާފު ކުރެއްވުން އެދެމެވެ.

                       08 ޛުލްޤައިދާ 1440

11 ޖުލައި 2019
ހޯދާ