ފެމިލީ ކޯޓް
ދިވެހިރާއްޖެ
ޑްރައިވަރ


146-A1/2019/124:ނަންބަރު


 

އިޢުލާން      

 

                   މިކޯޓުގެ ޑްރައިވަރުގެ މަޤާމަށް މީހަކު ހޯދުމަށްޓަކައި ކޮށްފައިވާ ނަންބަރު 146A1/2019/75 (16 އޭޕްރިލް 2019) އިޢުލާން ބާޠިލުކޮށް، އެ މަޤާމަށް އަލުން އިޢުލާން ކުރަމެވެ. 

މަޤާމު:

ޑްރައިވަރ

ބޭނުންވާ އަދަދު :

1 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް 2

މަޤާމުގެ ރޭންކް:

އެސް.އެސް. 2

މަޤާމުގެ އަސާސީ މުސާރަ:

މަހަކު 3470.00 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަނާއި ސެކްޝަން:

ފެމިލީކޯޓު

އެލަވަންސްތަކާއި ޢިނާޔަތްތައް:

- ސަރވިސް އެލަވަންސް: މަހަކު 1000.00 ރުފިޔާ،

- ލިވިންގ އެލަވަންސް: މަހަކު 2700.00 ރުފިޔާ،

- ޖުޑީޝަލް އެލަވަންސް: ޖުޑީޝަލް އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ %40 (މަހަކު)،

- އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެ.

މަޤާމުގެ އަސާސީ ޝަރުތު:

- ލިޔަން ކިޔަން ދަތުމާއެކު، މަސައްކަތަށް ބޭނުންވާ ތަމްރީނެއް/ ލައިސަންސެއް/ހުއްދައެއް/ސަނަދެއް ހާސިލްކޮށްފައިވުން، ނުވަތަ

- މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ހައްޤުވާ މާކުހެއް ލިބެމުން ދިޔުމާއެކު، އެސް.އެސް.1 ގެ ރޭންކްގައި މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

- ކައިވެނިތަކަށް ޙާޟިރުވާންޖެހޭ މުވައްޒަފުން ކައިވެނި ކުރަން ހަމަޖެހިފައިވާ ތަންތަނަށް، ހަމަޖެހިފައިވާ ގަޑިއަށް ގެންގޮސް ގެނެސްދިނުން.

- މި ކޯޓުގެ ފަނޑިޔާރުންގެ ރަސްމީ ދަތުރުތައް ރަސްމީ ގަޑީގައާއި ނުރަސްމީ ގަޑީގައި ކުރުން.

- ކާރު ދޮވެ ސާފުކޮށް  ބެލެހެއްޓުމާއި، ގަވައިދުން ކާރު ސަރވިސް ކުރުން.

- ކާރަށް އެއްވެސް ގެއްލުމެއް ލިބިއްޖެނަމަ، އެކަމެއް ވަގުތުން އޮފީހަށް އެންގުމާއި، އޮފީހުން ކަނޑައަޅާގޮތެއްގެމަތިން މަރާމާތުކުރުން.

- ރައްކާތެރި ތަނެއްގައި ރައްކާތެރިގޮތެއްގައި ކާރު ބޭއްވުމާއި، ކާރު ދުއްވުމުގައްޔާއި، ޕާކްކުރުމުގައި، ސަރުކާރުން ހަދާފައިވާ ޤަވާއިދުތަކަށް ފަރުވާތެރިވުން.

- ކާރު ދަތުރުތައް ކުރަން ހަމަޖެހިފައި ނެތް ވަގުތުތަކުގައި، ކޯޓުން ޙަވާލުކުރާ އެހެނިހެން މަސައްކަތްތައް ކުރުން.

ވަޒީފާއަށްއެދޭ ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި:

- ވަޒީފާއަށް އެދޭ ފޯމު (މި ކޯޓުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި މި ކޯޓުގެ ވެބްސައިޓްwww.familycourt.gov.mv (http://www.familycourt.gov.mv) އިން މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.)

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

- ކުރިމަތިލާ ފަރާތުގެ ވަނަވަރު.

- ޑްރައިވިންގ ލައިސަންސްގެ ކޮޕީ.

- ތަޢުލީމީ ސެޓުފިކެޓުތަކާއި ސްކޫލް ލީވިންގ ސެޓްފިކެޓްގެ ކޮޕީ.

- އަދާކޮށްފައިވާ ވަޒީފާތަކާއި، އަދާކުރަމުންދާ ވަޒީފާތަކާއި، އެ މަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކާއި، މަޤާމުގައިވީ މުއްދަތާއި، މަސްއޫލިއްޔަތު އެނގޭނެ ލިޔުންތަކުގެ ކޮޕީ.

- ފާއިތުވީ ދެއަހަރު ދުވަހުގެ މަސައްކަތު ފެންވަރު ބަލާފައިވާ ފޯމްގެ ކޮޕީ (މި ފޯމު ހުށަހަޅަންޖެހޭނީ ހަމައެކަނި ދެވަނަ ޝަރުޠައް ބަލައި، ޝަރުޠުހަމަވާ ފަރާތްތަކުން)

- ފޯމާއެކު ހުށަހަޅަން ޖެހޭނެކަމަށް އިޢުލާނުގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔެކިޔުންތައް ހުށަހަޅާފައިނުވާނަމަ، އެ ފޯމެއް ބާޠިލު ކުރެވޭނެއެވެ.

ނޯޓް: ވަޒީފާއަށްއެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް އެދި ހުށަހަޅާ ފޯމުގައި ބަޔާންކޮށްފައިވާ ލިޔުންތައް އޭގެ އަސްލާ އެއްގޮތްކަން ކަށަވަރުކުރާނީ، އިންޓަވިއުއަށް ހޮވޭ މީހުންގެ އެކަންޏެވެ. މިގޮތުން އިންޓަރވިއުއަށް ހޮވޭ މީހުން އިންޓަރވިއުއަށް ހާޒިރުވާއިރު، ހުށަހަޅާފައިވާ ލިޔުންތަކުގެ އަސްލު ލިޔުން ގެންނަންވާނެއެވެ.

ސުންގަޑި:

21 ޖުލައި 2019 ވާ އާދިއްތަ ދުވަހުގެ 13:00 ކުރިން.

އިތުރު މަޢުލޫމާތު:

- މި މަޤާމަށް ޝަރުޠުހަމަވާ ފަރާތްތަކުގެ ތެރެއިން، މަޤާމަށް އެންމެ އެކަށީގެންވާ ފަރާތެއް ހޮވާނީ، މަޤާމުގެ ވާޖިބުތައް އަދާކުރެވޭނެކަމަށް އިންޓަރވިއުގައި ސާބިތުކޮށްދޭ ފަރާތްތަކުގެ ތެރެއިންނެވެ.

- މި މަޤާމަށްއެދި ހުށަހަޅާ ފޯމްތަކުގެ ތެރެއިން އިޢުލާނާ އެއްގޮތަށް ޝަރުތު ފުރިހަމަނުވާކަމަށް މި ކޯޓުގެ އެޗް.އާރު ކޮމިޓީއަށް ފެންނަ ފޯމުތައް ކެންސަލް ކުރެވޭނެއެވެ.

ނޯޓް: މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 20 އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަޖުރިބާއަށް ބަލައި،އެޗް.އާރު ކޮމިޓީއިން ކަނޑައަޅާ އަދަދަކަށް އިންޓަވިއުކުރާނެ ފަރާތްތައް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

11 ޖުލައި 2019
ހޯދާ