ދިވެހިރާއްޖެ
މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާ
ކ.ގާފަރު ދިވެހިރާއްޖެ ނަމްބަރ:(IUL)331/331/2019/37
އިޢުލާން
މިއިދާރާއިން ބަލަހައްޓަމުންގެންދާ ރައްޔިތުންގެ ޢިމާރާތް "ބުރުލުވެހި" އަލުން ޢިމާރާތްކުރަން ބޭނުންވާތީ، އެޢިމާރާތް ޑިޒައިންކޮށް، ބީ.އޯ.ކިއު. ހަދައި ކުރަހާދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މިމަސައްކަތް ކޮށްދެއްވަން ބޭނުންފުޅުވާ ފަރާތްތަކުން، 22 ޖުލައި 2019 ވަނަ ދުވަހުގެ 11:00ގައި މިކައުންސިލްގެ އިދާރާގައި ބާއްވާ މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 30 ޖުލައި 2019 ވަނަ ދުވަހުގެ 11:00 އަށް މިކައުންސިލްގެ އިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަގު ހުށަހެޅުއްވުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.