ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވެރިފަރާތްހޯދުން

ފުވައްމުލަކު އިންޖީނުގެ ބަދަލުކުރުމަށް ދޫނޑިގަމުން ކަނޑައަޅާފައިވާ ދަށިއަޑިއެ މަގާއި އިންވެގެން ބޯޓުޔާޑު ބިމުގެ އުތުރުން އުރީދޫ އެންޓަނާ ހުރި ބިމާއި އިންވެގެން އޮތް 80،000 އަކަފޫޓުގެ ސަރަޙައްދުގައި ނަންބަރު ޖަހާފައިވާ ތަކެތީގެ ވެރިފަރާތް ހޯދުމަށް ކުރެވުނު މިއިދާރާގެ ނަންބަރ (IUL)468-LID/468/2019/102 (30 ޖޫން 2019) އިޢުލާނަށް އެއްވެސް ފަރާތަކުން އިޖާބަދީފައި ނުވާތީވެ އަލުން ތިރީގައިވާ މިދަންނަވާ ތަކެތީގެ ވެރިފަރާތް ހޯދުމަށް ބޭނުންވެއެވެ.

  • 01 އިން 44 އަށް އަދި 46 އިން 83 އަށް ނަންބަރު ޖަހާފައިވާ ދިވެހި ރުއްތައް
  • ނަންބަރު 45 ޖަހާފައިވާ ޖާފާނު ރުއް
  • ނަންބަރު 84 ޖަހާފައިވާ ނިކަގަސް
  • 85 އިން 127 އަށް ނަންބަރު ޖަހާފައިވާ ފުނަގަސްތައް

ވީމާ މި ރުއްގަސްތަކުގެ ވެރިފަރާތެއް ވާނަމަ 21 ޖުލައި 2019 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން ލިޔުމާއިއެކު ރުއްގަސްތައް ރަޖިސްޓްރީކޮށްފައިވާކަމުގެ ލިޔުމުގެ ކޮޕީއެއް ނުވަތަ މިލްކުވެރިކަން އަންގައިދޭ ލިޔުމުގެ ކޮޕީއެއް ފުވައްމުލަކު ސިޓީކައުންސިލް އިދާރާގެ ލޭންޑް އެންޑް އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓް ސެކްޝަން(ކުރީގެ ފުވައްމުލަކު އޮފީސް) އަށް ހުށަހެޅުއްވުން އެދެމެވެ.

މި ޢިއުލާނުގެ މުއްދަތު ހަމަވުމަށްފަހު އެ ރުއްގަސްތައް ނަގައި އެސަރަޙައްދު ސާފު ކުރެވޭނެ ވާހަކަ ދަންނަވަމެވެ.

11 ޖުލައި 2019
ހޯދާ