ދިވެހިރާއްޖެ
އަންދާސީ ހިސާބު ހޯދަން ބޭނުންވެއްޖެ
ނަންބަރު: TENDER/HMH/2019/006
މިކުންފުނިންދޭ މަޢުލޫމާތާއި އެއްގޮތަށް ހުޅުމާލެ ހޮސްޕިޓަލުގެ ޑައިލިސިސްގެ ޚިދުމަތް ފުޅާކޮށް އާބާތުރަކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 24 ޖުލައި 2019 ވަނަ ދުވަހުގެ ހެނދުނު 09:00 އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 30 ޖުލައި 2019 ވަނަ ދުވަހުގެ ހެނދުނު 09:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ ކޮމާޝަލް ޔުނިޓް (E-01-05) ގައި ހުންނަ ހުޅުމާލެ ހޮސްޕިޓަލް އިދާރީ އޮފީހުގެ މީޓިންގ ރޫމަށެވެ.
މަޢުލޫމާތު ސާފުކުރަން އޮންނަ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކައާއި، އަންދާސީ ހިސާބު ހުށަހެޅުމަށް ކަނޑައެޅިފައިވާ ސުންގަޑިއަށްފަހު އަންދާސީ ހިސާބު ބަލައިނުގަނެވޭނެވާހަކަ ދެންނެވީމެވެ.
އަންދާސީ ހިސާބު ހުށަހަޅާނީ މިހޮސްޕިޓަލުން އިރުޝާދުދޭގޮތަކަށެވެ.
11 ޖުލައި 2019
ޕްރޮކިޔުމެންޓް ޔުނިޓް
ހުޅުމާލެ ހޮސްޕިޓަލް، ހުޅުމާލެ، ހުވަނދުމާ ހިނގުން، ދިވެހިރާއްޖެ
އީ-މެއިލް: [email protected] ވެބްސައިޓް: www.hmh.gov.mv ފޯން: +960 3350147