ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހދ އަތޮޅު ރަށްވެހިގެ ގޯތިން ހުސްބިން ވިޔަފާރިކުރުމަށް ކުއްޔަށް ދޫކުރުން

ހދ. އަތޮޅު ރަށްވެހިގެ ގޯތީގެ ތެރެއިން 2047 އަކަފޫޓުގެ 04 ހުސްބިން އަމިއްލަ ވިޔަފާރި ކުރުމަށް ކުއްޔަށް ހިފާނެ ފަރާތެއް ހޯދުމަށް 14 އޭޕްރީލް 2019 ގައި ކުރެވުނު ނަންބަރު 2019/10 އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ބިޑް ހުށަހަޅާފައި ނުވާތީ އެއިޢުލާން ބާތިލުކޮށް އަލުން ބިން ކުއްޔަށް ދިނުމަށް އިޢުލާން ކުރީމެވެ. 

މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މިމަސައްކަތްތަކާބެހޭ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް 22 ޖުލައި 2019 ވާ ހޯމަ ދުވަހު 10:30 ށް ހދ. އަތޮޅުކައުންސިލް އިދާރާއަށް ވަޑައިގެން މައުލޫމާތު ސާފުކުރުމަށްފަހު 08 އޯގަސްޓް 2019 ވާ ބުރާސްފަތި ދުވަހުގެ 10:30 ށް މިއިދާރާއަށް ވަޑައިގެން ބީލަން ހުށަހެޅުއްވުމަށް ދެންނެވީމެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް އަދި މައުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ ބީލަންތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ. މިބީލަން ހުޅުވާލެވިފައިމިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކުގެ އިތުރުން ހދ.އަތޮޅު ރަށު ކައުންސިލްގެ އިދާރާތަކަށެވެ.  

ވީމާ، މިބިން ކުއްޔަށް ނެގުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ހުޅުވާލައި، މިކަން ޢާންމުކޮށް އިޢުލާން ކުރީމެވެ.

10 ޖުލައި 2019
ހޯދާ