އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ ފުރަތަމަ އެގްޒެކެޓިވް ކޮމިޓީގެ އިންތިޚާބު 2019 ގައި ޞައްޙަ ވޯޓާއި ބާޠިލް ވޯޓު ކަނޑައެޅުމާ ގުޅޭ
ނަންބަރު: A)DA-2019/205)
އިޢުލާން
ދިވެހިރާއްޖޭގެ ބާ ކައުންސިލުގެފުރަތަމަ އެގްޒެކެޓިވް ކޮމިޓީގެ އިންތިޚާބު 2019 ގައި ޞައްޙަ ވޯޓާއި ބާޠިލް ވޯޓު ކަނޑައެޅުމާ ގުޅޭ
ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ އިންތިޚާބުގެ ވޯޓު ގުނުމުގައި ތިރީގައިމިވާ ގޮތްތަކުގެ ތެރެއިން ގޮތަކަށް އޮންނަ ކޮންމެ ވޯޓަކީ، ބާޠިލުވޯޓެކެވެ.
- އިލެކްޝަންސް ކޮމިޝަނުން ތައްޔާރުކޮށްފައިވާ ވޯޓުކަރުދާސް ނޫން އެހެން ކަރުދާހެއްގައި ދީފައިވާ ވޯޓު.
- އެއްވެސް ފާހަގައެއް ޖަހާފައި ނުވާ ވޯޓު.
- ވޯޓު ދޭ މީހާ ވޯޓު ދޭ ވަކި ކެންޑިޑޭޓެއް ކަށަވަރުކުރަން ނޭނގޭގޮތަށް ދީފައިވާ ވޯޓު.
- ވޯޓު ކަރުދާހުގައި އެމީހަކަށް ފެންނަ ކެންޑިޑޭޓެއްގެ ނަމާ ދިމާގައި ރަނގަޅު ފާހަގަ ޖެހުމުގެ އިތުރުން، އިތުރު އެހެން ފާހަގައެއް ޖަހާފައިވާ ނުވަތަ ލިޔުމެއް ލިޔެފައިވާ ނުވަތަ ކުރެހުމެއް ކުރަހާފައިވާ ވޯޓު.
- އިންތިޚާބުކުރަންޖެހޭ އަދަދަށްވުރެ ގިނަ ކެނޑިޑޭޓުންގެ ނަމާ ދިމާގައި ރަނގަޅު ފާހަގަ ޖަހައިފައި އޮންނަ ކޮންމެ ވޯޓު ކަރުދާހެއް.
އިސްވެ ބަޔާންކުރެވިފައިވާ ގޮތްތަކުގެ އިތުރުން އެމީހަކަށް ދޫކުރާ ވޯޓު ކަރުދާހުގައި، އެމީހަކަށް ފެންނަ ކެންޑިޑޭޓެއްގެ ނަމާދިމާލުގައި ރަނގަޅު ފާހަގަ ޖަހާފައިވާ ކޮންމެ ވޯޓަކީ ޞައްޙަ ވޯޓެކެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި، އިޢުލާން ކުރީމެވެ.
07 ޛުލްޤައިދާ 1440
10 ޖުލައި 2019
ހޯދާ