ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
ސްޓާފް އެކޮމޮޑޭޝަންއަށް އެޕާރޓްމަންޓް ކުއްޔަށް ހިފުމަށް

ސްޓާފް އެކޮމޮޑޭޝަންއަށް އެޕާރޓްމަންޓް ކުއްޔަށް ހިފުމަށް

 

ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގައި މަސައްކަތް ކުރަމުންދާ ބިދޭސީ މުވައްޒަފުން ބޭތިއްބުމަށް މާލެއިން،  3 ކޮޓަރީގެ 2 އެޕާރޓްމަންޓް (އެޕާޓްމަންޓެއްގައި 800 އަކަފޫޓަށްވުރެ ކުޑަ ނޫން) ކުއްޔަށް ހިފުމަށް ބޭނުންވެގެން ކުރެވުނު އިޢުލާނު (ނަންބަރު: FSM-ADV-2019/039) އަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައި ނުވާތީ، އެ އިޢުލާނު ބާޠިލުކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 16 ޖުލައި 2019 ވާ އަންގާރަ ދުވަހުގެ 10:00 އަށް އެސްޓީއޯ އައިފާނު ބިލްޑިންގގެ 4 ވަނަ ފަންގިފިލާގައި ހުންނަ މިކުންފުނީގެ މައި އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު 23 ޖުލައި 2019 ވާ އަންގާރަ ދުވަހުގެ 10:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި، ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 3331453 ނުވަތަ 3331456 އަށް ގުޅުއްވުން އެދެމެވެ. އީމެއިލް ކުރައްވާނަމަ، [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.

10 ޖުލައި 2019
ހޯދާ