ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ދިވެހިރާއްޖެ
ާއެސިސްޓެންޓް މެކޭނިކް


ނަމްބަރު: HDC(161)-HR/IU/2019/86
ތާރީޚް: 10 ޖުލައި 2019

 

ތައުލީމީ ފެންވަރާއި ތަޖުރިބާ:
- އަސާސީ ތަޢުލީމު ފެންވަރު ހުރުމާއިއެކު، މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
- މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން ސަނަދެއް ނުވަތަ ލައިސެންސްއެއް ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.

މަޤާމުގެ މަސްއޫލިއްޔަތު:
އެސިސްޓެންޓް މެކޭނިކްގެ ހައިސިއްޔަތުން ކޯޕަރޭޝަނުގެ ވެހިކަލްތަކުގެ ރިޕެއަރ އަދި މެއިންޓެނަންސްގެ އެންމެހާ މަސައްކަތްތައް ސުޕަވައިޒަރުގެ ލަފާގެ މަތިން ކުރުން.

މަޤާމުގެ މައިގަނޑު މަސައްކަތްތައް:
- ވެހިކަލް ރިޕެއަރ އަދި މެއިންޓެނަންސް އާއި ގުޅުންހުރި، ވޯރކްޝޮޕް މަސައްކަތުގައި އެހީތެރިވެދިނުން.
- ކޯޕަރޭޝަނުގެ ވެހިކަލްތައް ކޯޕަރޭޓް ޑިޒައިން އާއި އެއްގޮތަށް ޕެއިންޓް ކުރުމުގެ އެންމެހާ މަސައްކަތައް ސުޕަވައިޒަރުގެ އިރުޝާދާއި އެއްގޮތްވާ ގޮތުގެ މަތިން ކުރުން.
- ކޯޕަރޭޝަނުގެ ވެހިކަލްތައް ޓިންކަރ ކުރުމުގެ މަސައްކަތްކުރުން.
- މަޤާމުގެ މަސައްކަތާއި ގުޅޭ ރިޕޯރޓްތައް ސުޕަވައިޒަރުގެ ލަފާގެ މަތިން ތައްޔާރުކުރަންޖެހިއްޖެ ޙާލަތުގައި ތައްޔާރުކުރުން.
- މަތީގައި ބަޔާންކޮށްފައިވާ ކަންތައްތަކުގެ އިތުރުން ސްޕަވައިޒަރު ހަވާލުކުރާ މަގާމާއި، މަގާމުގެ މަސްޢޫލިއްޔަތާއި ގުޅުންހުރި އެހެނިހެން މަސައްކަތްތައްކުރުން.

ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގައި ހުރުން އެދެވިގެންވާ އިތުރު ހުނަރާއި ޤާބިލްކަން:
- މަސައްކަތްތައް އަމިއްލައަށް އިސްނަގައިގެން ކުރުމާއި މީހުންނާއި ގުޅިގެން މަސައްކަތްކުރެވޭ ފަރާތަކަށްވުން.
- ގިނަވަގުތު މަސައްކަތުގައި އުޅެވޭ ފަރާތަކަށްވުން
- 55 އަހަރަށްވުރެ ހަގު މީހެއްކަމުގައިވުން

މުސާރަ: 4400.00ރ އާއި 4900.00ރ ދެމެދު (އެލަވަންސްތަކާއެކު މަދުވެގެން 9800.00ރ އާއި 10800.00ރ ދެމެދުގެ މުސާރައެއް ލިބޭނެއެވެ.)
....................................................................................................................................................................................

މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯރމު ފުރިހަމަ ކުރެއްވުމަށްފަހު ވަނަވަރާއި އަދި އެކްރިޓެޑްކޮށްފައިވާ ސެޓްފިކެޓްތަކުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ކުރިން ވަޒީފާއަދާކޮށްފައިވާ ތަންތަނުގެ ރިފަރެންސް ސިޓީތަކުގެ ކޮޕީ، ޕޮލިސް ރިޕޯރޓް (އިންޓަވިއުއަށް ހޮވިއްޖެނަމަ ހުށަހަޅަންޖެހޭ)، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަކަލާއެކު 16 ޖުލައި 2019 ވާ އަންގާރަ ދުވަހުގެ 14:30 ގެ ކުރިން މިއޮފީހަށް ފޮނުއްވުން އެދެމެވެ. ނުވަތަ [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. ވަޒީފާއަށް އެދޭފޯމް މިކޯޕްރޭޝަނުގެ މައިއޮފީހުންނާއި އަދި މިކޯޕަރޭޝަންގެ ވެބްސައިޓް www.hdc.com.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

މައި އޮފީސް:
ގްރައުންޑް ފްލޯރ، ރިޝެޕްޝަން އެޗް.ޑީ.ސީ ބިލްޑިންގ
ހުޅުމާލެ، ދިވެހިރާއްޖެ
ފޯނު: 3353535
ފެކްސް : 3335892

10 ޖުލައި 2019
ހޯދާ