މިލަދުންމަޑުލު ދެކުނުބުރީ މަނަދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ނ.ވެލިދޫ މެޖިސްޓްރޭޓް ކޯޓު ހިންގަމުންދާ ޢިމާރާތުގެ ގުދަނުގެ ފާރުތަކުގައި ލަކުޑި ކަބަޑު ޖެހުމުގެ މަސައްކަތް

މިލަދުންމަޑުލުދެކުނުބުރީ ވެލިދޫ މެޖިސްޓްރޭޓް ކޯޓް

           ވެލިދޫ،

           ދިވެހިރާއްޖެ

އިޢުލާން

             ނ.ވެލިދޫ މެޖިސްޓްރޭޓް ކޯޓު ހިންގަމުންދާ ޢިމާރާތުގެ ގުދަނުގެ ފާރުތަކުގައި ލަކުޑި ކަބަޑު ޖެހުމުގެ މަސައްކަތް އަމިއްލަތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ނ.ވެލިދޫ މެޖިސްޓްރޭޓް ކޯޓުން ކުރި ނަންބަރު:D15C-A/2019/10 ( 27 ޖޫން 2019)ގެ އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކުރުމަށް ހާޟިރުވެފައި ނުވާތީ، އެ އިޢުލާން ބާޠިލްކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.

            ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2019 ޖުލައި 17 ވަނަ ދުވަހުގެ 10:30 އަށް ނ.ވެލިދޫ މެޖިސްޓްރޭޓް ކޯޓަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު، 2019 ޖުލައި 24 ވަނަ ދުވަހު 10:30 އަށް، ނ.ވެލިދޫ މެޖިސްޓްރޭޓް ކޯޓަށް ވަޑައިގެން އަންދާސީ ހިސާބު  ހުށަހެޅުއްވުން އެދެމެވެ.

           އަންދާސީ ހިސާބު ހުށައެޅުއްވޭނީ ވިޔަފާރީ ރަޖިސްޓްރީކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު:18/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށްށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރ: 19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށް އެކަންޏެވެ.

          މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައެއް ނުގަނެވޭނެއެވެ.

07 ޛުލްޤަޢިދާ 1440

 

 

10 ޖުލައި 2019
ހޯދާ