ދިވެހިރާއްޖެ
މި އިޢުލާންވަނީ 04 އޮގަސްޓް 2019 10:59 ގައި ބާތިލް ކުރެވިފައެވެ.
ތާރީޚް: 10 ޖުލައި 2019 |
ނަންބަރު: GS210/IUL/2019/30 |
އިޢުލާނު
މި ސްކޫލްގެ ތިރީގައި މި ދަންނަވާ މަޤާމަށް މުވައްޒަފަކު ހޯދަން ބޭނުންވެއެވެ.
މަޤާމް: |
ލައިބްރޭރިއަން |
މަޤާމުގެ ނަންބަރު : |
J-283066 |
ބޭނުންވާ އަދަދު: |
01 ( އެކެއް ) |
މަޤާމުގެ ގިންތި: |
ދާއިމީ |
މަޤާމުގެ ރޭންކް: |
ޖީއެސް 4 |
މަޤާމުގެ ކްލެސިފިކޭޝަން: |
އޮފިސަރ ގްރޭޑް 2 |
ސެކްޝަން: |
އެޑްމިން |
މަޤާމް އޮތް އޮފީސް: |
އުނގޫފާރު ސްކޫލް / ރ.އުނގޫފާރު |
ވަޒީފާ އަދާކުރަން ޖެހޭ ތަން: |
އުނގޫފާރު ސްކޫލް / ރ.އުނގޫފާރު |
މުސާރަ: |
5020.00 ރުފިޔާ ( ފަސްހާސް ވިހި ރުފިޔާ ) |
ސަރވިސް އެލަވަންސް : |
1500.00 ރުފިޔާ ( ފަނަރަ ސަތޭކަ ރުފިޔާ ) |
ސަޕޯޓިންގ ކޯ އެލަވަންސް : |
700.00 ރުފިޔާ ( ހަތްސަތޭކަ ރުފިޔާ ) |
މަޤާމުގުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް |
1- ކަނޑައެޅިފައިވާ އުސޫލްގެ މަތީން ލައިބްރަރީ އިން ދަރިވަރުންނާއި މުވައްޒަފުންނަށް ފޮތް ދޫކުރުމާއި އަނބުރާ ބަލައިގަތުން. 2- ދަރިވަރުންނާއި މުވައްޒަފުން ލައިބްރަރީ އުސޫލާއި އެއްގޮތަށް ލައިބްރަރީ ބޭނުންކުރެވޭނެ އިންތިޒާމް ހަމަޖެއްސުން. 3- ލައިބްރަރީގެ ފޮތްތައް ލޭބަލް ހަރުކޮށް ސެލޯފިން ލައްވައި ބެލެހެއްޓުން. 4- ލައިބްރަރީގައި ފޮތްތައް އަތުރަން ޖެހޭގޮތަށް އަތުރާ ތަރުތީބުކޮށް ބެލެހެއްޓުން. 5- ހަލާކުވާ ފޮތްތައް ހަދައި އަލުން ބޭނުންކުރެވޭނެ އިންތިޒާމް ހަމަޖެއްސުން. 6- ލައިބްރަރީއަށް ހޯދާ ފޮތްތަކާއި ލިބޭފޮތްތައް ކަމާއިބެހޭ ފަރާތްތަކަށް ފޮނުވައިގެން ފާސްކުރުން އަދި އަލަށް ލިބޭ ފޮތްތައް ދަރިވަރުންނަށް ތައާރަފްކޮށްދިނުން. 7- ލައިބްރަރީއަށް ބޭނުންވާ ޤަވާއިދުތަކާއި އުސޫލުތައް ސްކޫލްގެ ވެރިޔާ ނުވަތަ ސުޕަވައިޒަރގެ މަޝްވަރާއިއެކު ހަދައި ލައިބްރަރީގައި ފެންނާނެހެން ބެހެއްޓުމާއިއެކު ތަންފީޒްކުރުން. 8- ފޮތް ކިއުމަށް ދަރިވަރުން ޝައުޤުވެރިކަން އިތުރު ކުރުވުމަށް މަދުވެގެން ޓާމަކު 1 ޕްރޮގްރާމް ހިންގުން. 9- ލައިބްރަރީއަކީ ދަރިވަރުން ޝައުގުވެރިވާފަދަ ތަނެއްގެ ގޮތުގައި ބެލެހެއްޓުން. 10- ސްކޫލުން ކުރިއަށްގެންދާ އިތުރު ހަރަކާތްތަކުގައި ސްކޫލަށް އެހީތެރިކަންދީ އަދި މަސައްކަތުގެ ދާއިރާއިން ހަވާލުކުރެވޭ ކަންތައްތަކަށް އެއްބާރުލުންދިނުން. |
އިތުރު ޢިނާޔަތްތައް:
|
މަޤާމުގެ ޝަރުތުތައް : 1- މަޤާމުގެ މަސައްކަތާ ގުޅޭ ތައުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން . 'ސާނަވީ' ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއިއެކު ، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް ' ނުވަތަ ' ހަޔަރ ސެކަންޑަރީ ސްކޫލް ' ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން އަދި މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ 2- 'މަތީ ސާނަވީ' ނުވަތަ އެއާ އެއްފެންވަރުގެ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން ' އީ ' ގްރޭޑް ލިބިފައިވުމާއިއެކު ، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް ' ނުވަތަ ' ހަޔަރ ސެކަންޑަރީ ސްކޫލް ' ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި ' މި މާއްދާއިން ދަށްވެގެން 'ސީ ' ގްރޭޑް ލިބިފައިވުން. ނުވަތަ 3- މަޤާމުގެ މަސައްކަތާއި ގުޅޭ ތައުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުން.
|
ގުޅޭ ވަޒީފާގެ ދާއިރާތައް : 1- 1- ލައިބްރަރީ ސައިންސް
|
ތައުލީމީ ރޮނގުތައް :
1- ބިޒްނަސް އެޑްމިނިސްޓްރޭޝަން 2- ބިޒްނަސް މެނޭޖްމެންޓް 3- ލައިބްރަރީ ސައިންސް 4- ޕަބްލިކް އެޑްމިނިސްޓްރޭޝަން
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
|
ހުށަހަޅަންޖެހޭ ލިޔުންތައް: |
)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވެލް ކަނޑައަޅާފައިވާ ،ރާއްޖެއިން ބޭރުގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމު ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއިއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލުކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ . (ށ) މަތީ ތައުލީމުދޭ ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ. 1- ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީން ސެޓްފިކެޓް ތަކުގެ ކޮޕީ 2- ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިހާން ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ ، އެ ސެޓްފިކެޓްގެ ކޮޕީ 3- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ: (ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި ، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ،އަދާކޮށްފައިވާ ވަޒީފާ ، ވަޒީފާ އަދާކުރި މުއްދަތާއި ، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެއޮފީހުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރިފަރެންސް ޗެކް ފޯމް .
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
ވަޒީފާއަށް އެދޭ ފޯމު މި ސްކޫލްގެ އޮފީސް ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މި ފޯމް ޑައުންލޯޑްވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 22 ޖުލައި 2019 ވާ ހޯމަ ދުވަހުގެ 14:00ގެ ކުރިން، އުނގޫފާރު ސްކޫލްގެ އޮފީސް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected] އެވެ. އަދި އިއުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ ، އެ ކަނޑައަޅާދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. |
އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު: |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 23 ޖުލައި 2019 އާއި 28 ޖުލައި 2019 އާ ދެމެދު، އުނގޫފާރު ސްކޫލް ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ. |
ޝޯޓް ލިސްޓްކުރުން: |
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. |
އިތުރު މަޢުލޫމާތު ހޯދުން: |
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6580262 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. |
07 ޒުލްޤައިދާ 1440 10 ޖުލައި 2019
|