ހުޅުދުއްފާރު ސްކޫލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ނަރުދަމާގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް
- ތިރީގައި ދެންނެވިފައިވާ ކަންތައް ކޮށްދޭނެ ފަރާތެއް ހޯދުމަށްކުރި ނަމްބަރ GS57/2019/05 )24 ޖޫން 2019( އިޢުލާން ބާތިލްކޮށް އަލުން 2ވަނަ ފަހަރަށް އިޢުލާން ކުރަމެވެ.
- ވީމާ، ތިރީގައި ދެންނެވިފައިވާ މަސައްކަތައް ބީލަން ހުށައެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް އަލުން ހުޅުވާލަމެވެ.
މަސައްކަތް |
ސްކޫލް ފާހާނާއާއި ފެންހިންދާ ނިޒާމުގެ ހޮޅިތައް ގުޅައި ދާގަންޑު ޖަންގްޝަންތައް ހަދައި އިންސްޕެކްޝަން ޗެމްބަރ ތަކާއި ގުޅުން. |
- މި މަސައްކަތުގެ މަޢުލޫމާތު ސާފުކުރުން އޮންނާނީ 2019 ޖުލައި 15 ވާ ހޯމަ ދުވަހުގެ 13:15 ގައި، މިސްކޫލްގެ ކޮމްޕިޔުޓަރ ލެބްގައެވެ. އަދި މި މަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 2019 ޖުލައި 16 ވާ އަންގާރަ ދުވަހުގެ 13:15 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ.
- އަންދާސީހިސާބު ހުށަހެޅުން އޮންނާނީ 2019 ޖުލައި 18 ވާ ބުރާސްތި ދުވަހުގެ 13:15 ގައި، މިސްކޫލްގެ ކޮމްޕިޔުޓަރ ލެބްގައެވެ. އަންދާސީހިސާބުތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދު ކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަމާއި ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި އަންދާސީހިސާބު ހުށައަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަން ވާނެއެވެ. އަދި މަޢުލޫމާތު ސާފުކުރުމަށް ޙާޟިރުނުވާ ފަރާތްތަކުން ހުށައަޅާ ބީލަމާއި، ގަޑިޖެހުމަށްފަހު ހުށައަޅާ ބީލަން ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައި ގަންނަވާނެއެވެ.
ހުޅުދުއްފާރު ސްކޫލް، ބޮޑުތަކުރުފާނުމަގު / ރ. ހުޅުދުއްފާރު
ފޯން: 6580097
އީމެއިލް: [email protected]
10 ޖުލައި 2019
ހޯދާ