ދިވެހިރާއްޖެ
ހދ.ނޮޅިވަރަންފަރު ކައުންސިލް އިދާރާގެ ރައްވެހިގެ 03 ތިންކޮޓަރިއާއި، ސިޓިންގ ރޫމުގައި މިހާރު ޖަހާފައިހުރި މުށިތައް ނެއްޓި ހަލާކުވަމުންދާތީ، އެތަނުގައި ޖަހާފައިވާ މުށިތައް ނަގާ ސާފްކުރުމަށްފަހު އަލުންމުށިޖެހުމާއި އެކު 02 ފާޚާނާގެ ފެންވައިރު ބަދަލުކުރުމަށް ބޭނުންވެއެވެ.
ވީމާ، އަމިއްލަޚަރަދުގައި މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް ފުރުސަތުހުޅުވާލަމެވެ. މިމަސައްކަތް ކޮށްދިނުމަށް ބޭނުންވާފަރާތްތަކުން 2019 ޖުލައި 21 ވާ އާދީއްތަދުވަހުގެ 10:00 އަށް ކައުންސިލް އިދާރާގެ ޖަލްސާ ކުރާމާލަމަށްދުރުވެ މައުލޫމާތު ސާފުކުރެއްވުމަށްފަހު 2019 ޖުލައި 30 ވާ އަންގާރަ ދުވަހުގެ 9:30 އަށް އަންދާސީހިސާބު ހުށައެޅުންވުންއެދެމެވެ. މިއިޢުލާނާ ގުޅިގެން މައުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީހިސާބު ހުށައެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ އެކަންއެނގޭނެ ލިޔުމެއް ހުށައަޅަންވާނެއެވެ. މިމަސައްކަތްކޮށްދިނުމަށް އެދި ހުށައެޅޭނީ ޤާނޫންނަންބަރ 2014/19 ( އަމިއްލަ ފަރުދުންގެ ވިޔާފާރީގެ ޤާނޫނު ) ގެދަށުން ވިޔާފާރިރަޖިސްޓްރީ ކޮށްފައިވާފަރާތްތަކަށެވެ.
ގަޑީ ޖެހިގެން ޙާޟިރުވާ ފަރާތްތަކަށާއި މާއުލޫމާތު ސާފުކުރެއްވުމަށް ޙާޟިރުނުވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ އެވެ.
މިއިޢުލާނާގުޅިގެން ހުށަހަޅާ ހުށަހެޅުންތަކަށް ޕޮއިންޓް ދެވޭނެ އުސޫލު ތިރީގައި އެވަނީއެވެ.
- ހުށަހަޅާ އެންމެކުޑައަގަކަށް %80
- މާލީ ތަނަވަސްކަމަށް
- ފަންނީ ގާބިލު ކަމަށް
މިހެންވެ މިކަން އާއްމުކޮށް އަންގައި އިޢުލާން ކުރީމެވެ.