ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތިމާވެއްޓާ ރައްޓެހި، ގިނަ ދުވަހު ބޭނުންކުރެވޭ ކޮތަޅު ގަންނަން ބޭނުންވެއްޖެ

އެއްފަހަރު ބޭނުންކޮށްފައި އެއްލައިލާ ޕްލާސްޓިކް ބޭނުންކުރާ މިންވަރު މަދުކުރުމާއި ގުޅޭގޮތުން އާންމުން ހޭލުންތެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ ފަރާތުން ޅ. ކުރެންދޫ ކައުންސިލާއި ގުޅިގެން ކުރެންދޫ ގެތަކަށް ހަދިޔާކުރުމަށްޓަކައި ތިމާވެއްޓާ ރައްޓެހި އަދި ގިނަ ދުވަހަށް ބޭނުންކުރެވޭފަދަ ކޮތަޅު ގަންނަށް ބޭނުންވެއްޖެއެވެ.

އަންދާސީ ހިސާބު ހުށަހެޅުން

މަޢުލޫމާތު ކަރުދާސް ޅ. އަތޮޅު ކައުންސިލްގެ އިދާރާގެ ވެބްސައިޓުން (www.lhaviyani.gov.mv) ޑައުންލޯޑްކުރެވެން ހުންނާނެ ވާހަކަ ދެންނެވީމެވެ.

އަންދާސީ ހިސާބު ހުށަހެޅުމާއި ހުޅުވުން އޮންނާނީ 22 ޖުލައި 2019 ވާ ހޯމަ ދުވަހުގެ 13:00 ގައި ފާދިއްޕޮޅު އަތޮޅު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. އަންދާސީ ހިސާބު ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ.

 

 

 

އިތުރު މަޢުލޫމާތު:

އިންފްރާ ސްޓްރަކްޗަރ އެންޑް އިކޮނޮމިކް ޑިވެލޮޕްމަންޓް ޔުނިޓް

ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާ

ޅ. ނައިފަރު، ދިވެހިރާއްޖެ،

ފޯން: 6620331

ފެކްސް: 6620043                                                                                

އީމެއިލް: [email protected]

09 ޖުލައި 2019
ހޯދާ