ދިވެހިރާއްޖެ
އިޢުލާނު
ދ. މީދޫ ޞިއްޙީމަރުކަޒުގައި ކުރަންހުރި މަރާމާތު މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް
ދ. މީދޫ ޞިއްޙީމަރުކަޒުގައި ކުރަންހުރި މަރާމާތާއި ކުރަންހުރި އެހެނިހެން މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ފުރަތަމަ ނަމްބަރ (IUL)M01-HC/2019/04 (24 ޖޫން 2019) އިއުލާނާއި ގުޅިގެން ވާދަކުރާނެ ތިންފަރާތެއް ނެތުމުން އެ އިއުލާން ބާތިލްކޮށް އަލުން ފުރުސަތު ހުޅުވާލަމެވެ.
މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 10 ޖުލައި 2019 ވާ ބުދަ ދުވަހުން ފެށިގެން 15 ޖުލައި 2019 ވާ ހޯމަ ދުވަހުގެ ނިޔަލަށް ދ. މީދޫ ޞިއްޙީމަރުކަޒުގެ އޮފީހަށް ހެނދުނު 08:30 އިން 13:30 އާއި ދޭތެރޭ ވަޑައިގެން ރެޖިސްޓަރ ކުރެއްވުން އެދެމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ޝީޓް ރެޖިސްޓަރ ވުމުން ލިބިވަޑައިގަންނަވާނެއެވެ. އަދި 18 ޖުލައި 2019 ވާ ބުރާސްފަތި ދުވަހު މެންދުރު 13:00 ގައި ޕްރީބިޑް މީޓިންގ ދ. މީދޫ ޞިއްޙީމަރުކަޒުގައި އޮންނާނެއެވެ.
އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 24 ޖުލައި 2019 ވާ ބުދަ ދުވަހުގެ މެންދުރު 13:00 ގައި ދ. މީދޫ ޞިއްޙީމަރުކަޒު ގައެވެ.
މި އިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 18 ޖުލައި 2019 ވާ ބުރާސްފަތި ދުވަހު މެންދުރު 12:00 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރަން ވަޑައި ނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހަޅަންވަޑައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމަވެ.
09 ޖުލައި 2019