ޖުޑިޝަލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ކޮމިޝަނުގެ ތަޙްޤީޤު ކޮމިޓީތަކުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު

ކޮމިޝަންގެ ތަޙްޤީޤު ކޮމިޓީތަކުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު

ނަންބަރު:(IUL)195-D/1/2019/10

ތާރީޚް: 09 ޖުލައި 2019

ކޮމިޝަނުގެ ތަޙްޤީޤު ކޮމިޓީތަކަށް ކޮމިޝަނުގެ މެންބަރުން ނޫން ފަރާތްތައް ހިމެނުމަށް މި ކޮމިޝަންގެ ނަންބަރު JSC-B-CB/19/172 (03 ޖުލައި 2019) ނިންމުމުން ނިންމަވާ އެކޮމިޓީތަކުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.

 

ކޮމިޓީތަކުގެ މެންބަރުކަމަށް ކުރިމަތިލާ ފަރާތްތަކަށް ދެވޭ އެލަވަންސް:

ސިޓިންއެއްގައި ދޮޅުގަޑިއިރު ހަމަވަންދެން -/500 (ފަސް ސަތޭކަ) ރުފިޔާ އަދި ދޮޅުގަޑިއިރަށްވުރެ އިތުރުވާ ވަގުތަށް އިތުރު -/500 (ފަސް ސަތޭކަ) ރުފިޔާ. އަދި ސިޓިންގ އަކަށް އެންމެ ގިނަވެގެންދެވޭނީ -/1000 (އެއްހާސް) ރުފިޔާއެވެ.

 

ކޮމިޓީތަކުގެ މެންބަރުކަމަށް ކުރިމަތިލާ ފަރާތްތަކުގައި އަންނަނިވި ޝަރުޠުތައް ފުރިހަމަވާންވާނެއެވެ.

  1. މުސްލިމަކު ކަމުގައިވުން؛
  2. ދިވެހި ރައްޔިތަކު ކަމުގައިވުން؛
  3. ޢުމުރުން 35 (ތިރީސް ފަހެއް) އަހަރު ފުރިފައިވުން؛
  4. އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް، ނުވަތަ ޚިޔާނާތުގެ ކުށެއް، ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން؛
  5. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ދަށުން ނުވަތަ ޤާނޫނެއްގެ ދަށުން އިންތިޚާބުކުރެވޭ  ނުވަތަ ޢައްޔަންކުރެވޭ ސިޔާސީ މަޤާމެއް ފުރަމުންދާ މީހަކު ކަމުގައި ނުވުން؛
  6. ސިޔާސީ ޕާޓީއެއްގެ މެންބަރެއް ކަމުގައި ނުވުން؛
  7. ބުއްދިހަމައަށް ހުރި މީހަކު ކަމުގައިވުން؛

ނޯޓް: ކޮމިޓީތަކުގެ މެންބަރުކަމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން، ކުރީގައި ފަނޑިޔާރުކަން ކޮށްފައިވާ ފަރާތްތަކާއި،ޤާނޫނީ ވަކީލުންނާއި، ތަޙްޤީޤު އިދާރާއެއްގައި މަސައްކަތްކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ. އަދި ކޮމިޓީގެ މެންބަރުކަމަށް ކުރިމަތިލާ ފަރާތަކީ ޤާނޫނީ ވަކީލެއްނަމަ، ކޮމިޓީގައި މަސައްކަތްކުރައްވާ މުއްދަތުގެ ތެރޭގައި އެ މައްސަލަ ރައްދުވާ ފަނޑިޔާރު މަސައްކަތްކުރައްވާ ކޯޓުގައި ވަކާލާތު ކުރެއްވުމަކީ މަނާކަމެއްކަމަށްވެސް މި ކޮމިޝަނުން ވަނީ ކަނޑައަޅުއްވާފައެވެ.

 

ކޮމިޓީތަކުގެމެންބަރުކަމަށްކުރިމަތިލާ ފަރާތްތަކުން އަންނަނިވި ލިޔުންތައް ހުށަހަޅަންވާނެއެވެ.

  1. ވަނަވަރު 
  2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  3. ޕާސްޕޯޓް ސައިޒުގެ 1 ފޮޓޯ.
  4. ކޮމިޓީތަކުގެ މެމްބަރުކަމަށް ކުރިމަތިލައްވާފައިވާ ފަރާތްތަކުގެ ކުށުގެ ރެކޯޑް ނެތްކަމުގެ އިގްރާރު.
  5. ކުރީގައި ފަނޑިޔާރުކަން ކޮށްފައިވާ ފަރާތެއްނަމަ، ފަނޑިޔާރުކަން ކޮށްފައިވާކަމާއި ފަނޑިޔާރުކަން ކުރި މުއްދަތު އެނގޭނޭ ލިޔުން.
  6. ޤާނޫނީ ވަކީލެއްނަމަ، ޝަރުޢީ ކޯޓުތަކުގައި ވަކާލާތުކުރުމުގެ ހުއްދައިގެ ކޮޕީ އާއެކު ޤާނޫނީ ވަކީލެއްގެ ގޮތުގައި  ކޯޓުތަކުގައި ވަކާލާތުކޮށްފައިވާކަން ނުވަތަ ކުރަމުންދާކަން އެނގޭނެ  ކޯޓުގެ ރަސްމީ ލިޔުމެއް (މި ލިޔުމުގައި އެ ކޯޓެއްގައި އެމީހަކު ޕްރެކްޓިސް ކޮށްފައިވާ މުއްދަތު އެނގެން އޮންނަންވާނެއެވެ.)
  7. ކުރީގައި ތަޙްޤީޤު އިދާރާއެއްގައި މަސައްކަތްކޮށްފައިވާ ފަރާތެއްނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި އެ ވަޒީފާގައި ކުރި މަސައްކަތް އެނގޭ ގޮތަށް އެ އިދާރާއަކުން ދީފައިވާ ލިޔުން.
  8. ފުރިހަމަކޮށްފައިވާ ކުށުގެ ރެކޯޑް ފޯމް.
  9. ކޮމިޓީތަކުގެ މެންބަރުކަމަށް ކުރިމަތިލާ ފަރާތަކީ ސިޔާސީ ޕާޓީއެއްގެ މެންބަރެއް ނޫންކަން އެނގޭނޭ، އިލެކްޝަންސް ކޮމިޝަންގެ ލިޔުން.

 

ސުންގަޑި: 2019 ޖުލައި 18 ވަނަ ދުވަހުގެ 12:30 ގެ ކުރިން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް (ތީމުގެ، އާބުރުޒުހިނގުން) ހުށަހަޅަންވާނެއެވެ.

 

އިތުރު މަޢުލޫމާތު:މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3303501 އެވެ. ކޮމިޝަންގެ ތަޙްޤީޤު ކޮމިޓީތަކުގެ މެންބަރުކަމަށް އެދޭ ފޯމާއި އިގްރާރު ފޯމް އަދި ކުށުގެ ރެކޯޑް ފޯމް www.jsc.gov.mv ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މި ކޮމިޝަންގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

 

09 ޖުލައި 2019
ހޯދާ