މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ސައިޓް ސުޕަވައިޒަރ

މަޤާމް :ސައިޓް ސުޕަވައިޒަރ
ބޭނުންވާ އަދަދު :1

އިޢުލާން

މިމިނިސްޓްރީގެ ނަންބަރު (IUL)138-AS4/1/2019/32) ޢިއުލާން 25 ޖޫން 2019 އަށް އިޖާބަދީ އެއްވެސްފަރާތަކުން މަޤާމަށް ކުރިމަތިލައިފައި ނުވާތީ މިމަޤާމަށް އަލުން އިޢުލާން ކުރީމެވެ.

 

                            

  ރާއްޖޭގެ ހިޔާވަހިކަމާއިބެހޭ ޤައުމީ ސިޔާސަތުގެ ދަށުން ކަނޑައެޅޭ މިންގަނޑުތަކާއި އެއްގޮތްވާގޮތުގެމަތީން ކޮންމެ ރައްޔިތަކަށްވެސް ދިރިއުޅުމަށް އެކަށީގެންވާ ފެންވަރުގެ ހިޔާވައްސެއް ލިބިދެވޭނެ ގޮތްތައް ރާވައި އެކަމަށް މަގުފަހިކުރެވޭނެ އުސޫލުތައް ކަނޑައަޅައި ހިޔާވަހިކަމުގެ މަޝްރޫޢުތައް އެންމެ އެކަށީގެންވާ ގޮތެއްގައި ހިންގުމަކީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އާރބަން ޑިވަލޮޕްމަންޓްގެ މެންޑޭޓްގައި ހިމެނިފައިވާ ކަމެކެވެ. މިގޮތުން މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވަލޮޕްމަންޓް އިން ހދ. ނޮޅިވަރަންފަރުގައި އިމާރާތްކުރަމުންދާ 60 ހައުސިންގ ޔުނިޓް މަޝްރޫޢުގެ ސައިޓަށް މިނިސްޓްރީގެ ފަރާތުން މަސައްކަތްކުރާނެ ސައިޓް ސުޕަވައިޒަރެއް ހޯދުމަށް ބޭނުންވެއެވެ.

މަސައްކަތް ކުރަންޖެހޭ ތަން

ހައުސިންގ ޔުނިޓް އިމާރާތްކުރެވޭ ރަށް

މުވައްޒަފުން ބޭނުންވާ އަދަދު

މުއްދަތު

ސައިޓް ސުޕަވައިޒަރ

1

1 އަހަރު ގެ މުއްދަތައް   ( ޕްރޮޖެކްޓްގެ މުއްދަތައް ކޮންޓްރެކްޓް އައުކުރެވޭނެ)

ހދ. ނޮޅިވަރަންފަރު

ހދ. ނޮޅިވަރަންފަރު

 

  މިމަޤާމުގެ މަސްއޫލިއްޔަތުތަކާއި މިމަޤާމަށް ކަނޑައެޅިފައިވާ ޝަރުތުތައް ބަޔާންކޮށްފައިވާ "ޓަރމްސް އޮފް ރިފަރެންސް" (ޓީ. އޯ. އާރ) މި މިނިސްޓްރީގެ ވެބްސައިޓުގައި ޝާއިއުކުރެވިފައިވާނެއެވެ.

މުސާރައާއި އެލަވަންސްތައް :

14,850 ރުފިޔާ (މަހަކު)

އިންޓަރނެޓް އެލަވަންސް: 150 ރުފިޔާ

  ވީމާ، މިމަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 2019 ޖުލައި 18 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން ތިރީގައި ދެންނެވިފައިވާ އެޑްރެހަށް އެޕްލިކޭޝަންތައް ފޮނުއްވައިދެއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމާއި އެކު ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު، އައި.ޑީ ކާޑު ކޮޕީ (މުއްދަތުހަމަނުވާ)، އެކްރެޑިޓް ކުރެވިފައިވާ ތައުލީމި ސެޓްފިކެޓްތަކާއި މަސައްކަތުގެ ތަޖުރިބާއާ ޤާބިލްކަން އަންގައިދޭ އެންމެހާ ލިޔެކިޔުންތައް ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމާއިއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައިނުވާނަމަ އެޕްލިކޭޝަން ބާޠިލްކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް:

ހިއުމަން ރިސޯސަސް މެނޭޖްމަންޓް ސެކްޝަން

މިނިސްޓްރީ އޮފް ހައުސިންގ އެންޑް އާރބަން ޑިވަލޮޕްމަންޓް

އަމީނީ މަގު،

މާލެ، ދިވެހިރާއްޖެ.

ފޯން: 3004341 / 3004342  ފެކްސް:3004301

އީ-މެއިލް: [email protected]

ވެބްސައިޓް: www.housing.gov.mv

 

           06 ޛުލްޤަޢިދާ 1440

           09  ޖުލައި  2019

 

09 ޖުލައި 2019
ހޯދާ