ދިވެހިރާއްޖެ
ޑިންގީ އަދި އިންޖީނު ސިޓީލާ ނީލަމުގައި ވިއްކާލުން
މިއިދާރާގެ ބެލުމުގެ ދަށުގައިވާ ޑިންގީ އަދި ޑިންގީގެ އިންޖީނު ސިޓީލާ ނީލަމުގައި ވިއްކާލަންވަނީ ހަމަޖެހިފައެވެ.
ޑިންގީ އަދި އިންޖީނާ ބެހޭ މަޢުލޫމާތު:
*ޑިންގީގެ ބާވަތް : ފައިބަރު
*ދިގުމިން : 5.580 މީޓަރ
*ފުޅާމިން : 1.900 މީޓަރ
*ރަޖިސްޓަރީ ނަންބަރު : G-3128-01-F15
އިންޖީނުގެ މިހާރުގެ ހާލަތު:
- *ސްޒުކީ 25 ހޯސްޕަވަރ
- *ސާވީސް ކުރަންޖެހިފައި
މި ނީލަން ފެށުމަށް ހަމަޖެހިފައިވަނީ، 10 ޖުލައި 2019 ވާ ބުދަ ދުވަހުއެވެ.
- ނީލަން ފެށުމަށް ހަމަޖެހިފައިވާ އަގަކީ -/35000 ރުފިޔާއެވެ.
- ނީލަމަށް މަދުވެގެން އިތުރު ކުރެވޭނީ -/1000 ރުފިޔާއެވެ.
ވީމާ، ޑިންގީ އިންޖީނާއެކު ބައްލަވައިގަންނަން ބޭނުންފުޅުވާ ފަރާތްތަކުން އަގުބަޔާންކޮށް ސިޓީޔަކުން އަގު ހުށެއެޅުމަށް ދަންނަވަމެވެ. ނީލަމަށް އަގު ހުށައެޅުމުގެ އެންމެ ފަހު ވަގުތަކީ 24 ޖުލައި 2019 ވާ ބުދަ ދުވަހުގެ 13:00 އެވެ. ނީލަން ކާމިޔާބު ކުރަންވާ ފަރާތަކުން ރަސްމީ 10 ދުވަހުގެ ތެރޭގައި ފައިސާދައްކަވާ މުދަލާއި ހަވާލުވާންވާނެއެވެ.
ނީލަމަށް ހުށަހެޅޭ އެންމެ މަތީ އަގު ނީލަން ކުރިޔައްދާ މުއްދަތުގައި މިއިދާރާގެ ނޯޓިސް ބޯޑުގައި ބެހެއްޓިފައި ހުންނާނެއެވެ. އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި 6600058 މިއިދާރާގެ ނަންބަރ ފޯނަށް ގުޅުއްވުން އެދެމެވެ. އަދި ނަމޫނާ ސިޓީ މިއިދާރާއިން ލިބެން ހުންނާނެއެވެ.
ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.